ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރ / ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އައުޓްރީޗް ސެންޓަރު، ރ.އުނގޫފާރު

މަޤާމް :އެގްޒާމް އިންވިޖިލޭޓަރ
ބޭނުންވާ އަދަދު :2

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ  މިއަހަރުގެ ފުރަތަމަ ޓަރމްގެ ފައިނަލް އިމްތިހާނު   ބޭއްވުމަށް އިންވިޖިލޭޓަރުން ހޯދުމަށް ބޭނުންވެއެވެ.

މި އިޢުލާނުގައި އިމްތިހާނަށް އިންވިޖިލޭޓަރުން ބޭނުންވާ އަދަދު ކަމަށް ކަނޑައަޅާފައިވާ އަދަދަކީ އިމްތިހާނުގައި ބައިވެރިވާނެކަމަށް ލަފާކުރެވޭ ދަރިވަރުންނާއި އިމްތިހާނު ހޯލުތަކަށް ރިޢާޔަތްކޮށްގެން ކަނޑައަޅާފައިވާ އަދަދެކެވެ. ނަމަވެސް ކިޔަވައިދިނުމުގެ އެކި މަރުހަލާތަކުގެ ތެރެއިން އިމްތިހާނު ޙައްޤުވާ ދަރިވަރުންގެ އަދަދަށް ބަދަލުތަކެއް އަތުވެއްޖެނަމަ، މިހާރު އިންވިޖިލޭޓަރުން ބޭނުންވާ ކަމަށް ކަނޑައަޅާފައިވާ އަދަދަށް ބަދަލު އަތުވެދާނެއެވެ.

މަޤާމު:

 އެގްޒާމް އިންވިޖިލޭޓަރ

ބޭނުންވާ އަދަދު:

2

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އައުޓްރީޗް ސެންޓަރު، ރ.އުނގޫފާރު

އުޖޫރަ ދެވޭނެގޮތް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)

މަޤާމުގެ ޝަރުތު:

  • ދިވެހި ރައްޔިތަކަށްވުން.
  • އުމުރުން 18 އަހަރު ފުރިފައިވުން.
  • އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
  • މިޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރެއްކަމުގައި ނުވުން.
  • އިމްތިހާނުގައި ބައިވެރިވާ ދަރިވަރެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން.
  • ދަށްވެގެން ގްރޭޑް 10 ނިންމާފައިވުން ނުވަތަ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވާރކްގެ ލެވެލް 3 ގެ ކޯހެއް ފުރިހަމަ ކޮށްފައިވުން.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • މަސައްކަތަށް ވަގުތު ދެވޭނެ މިންވަރު.
  • އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާ.
  • ތައުލީމީ ފެންވަރު.

މަޤާމުގެ މަސްއޫލިއްޔަތު:

އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އިމްތިހާނު ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާ ގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ފޯމް ހުށަހަޅާނެ ގޮތް:

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށެވެ.

އޮންލައިން އެޕްލިކޭޝަން ލިންކް:

https://forms.gle/3Lb6yJoWd5Pqh7136

އެޕްލިކޭޝަންގެ ސުންގަޑި:

16 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން.

އެޕްލިކޭޝަނާއިއެކު ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
  • ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރެޑިޓް ކޮށްފައިވާ ސަނަދު).

މަގާމަށް ހޮވިއްޖެނަމަ ހުށަހަޅަންޖެހޭ އިތުރު ލިޔުންތައް:

ޔުނިވަރސިޓީން އެދުމުން، އިންވިޖިލޭޓަރުންނަށް ހޮވޭ ފަރާތްތަކުން، އެޕްލިކޭޝަންގައި ބަޔާންކުރި އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކުރުމަށްފަހު، އޭގެ އަސްލު ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ. ނުވަތަ ސެޓްފިކެޓްގެ ކޮޕީ ވެރިފައިކުރުމަށް ސެޓްފިކެޓްގެ އަސްލު ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345162 އަށެވެ.

08 މޭ 2024
ހޯދާ