ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރ (ގަން ކެމްޕަސް)

މަޤާމް :އެގްޒާމް އިންވިޖިލޭޓަރ
ބޭނުންވާ އަދަދު :3

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ގަމު ކެމްޕަހުގެ  މިއަހަރުގެ ފުރަތަމަ ޓާމުގެ ފައިނަލް އިމްތިހާނާއި ރީސިޓް އިމްތިހާނު   ބޭއްވުމަށް އިންވިޖިލޭޓަރުން ހޯދުމަށް ބޭނުންވެއެވެ.

މަޤާމު:

އެގްޒާމް އިންވިޖިލޭޓަރ

ބޭނުންވާ އަދަދު:

03

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ގަމު ކެމްޕަސް

އުޖޫރަ ދެވޭނެގޮތް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)

މަޤާމުގެ ޝަރުތު:

  • ދިވެހި ރައްޔިތަކަށްވުން.
  • ޢުމުރުން 18 އަހަރު ފުރިފައިވުން.
  • އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
  • މިޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރެއްކަމުގައި ނުވުން.
  • އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • މަސައްކަތަށް ވަގުތު ދެވޭނެ މިންވަރު.
  • އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާ.
  • ތައުލީމީ ފެންވަރު.

 

މަޤާމުގެ މަސްއޫލިއްޔަތު:

އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ފޯމް ހުށަހަޅާނެ ގޮތް:

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށެވެ.

އޮންލައިން އެޕްލިކޭޝަން ލިންކް:

https://forms.gle/DgRDvjy9LwSnDUbT8

އެޕްލިކޭޝަންގެ ސުންގަޑި:

16 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން.

ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
  • ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު). ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ، ޔުނިވަރސިޓީއިން އެދުމުން ކޮޕީ ވެރިފައިކުރުމަށް ސެޓްފިކެޓްގެ އަސްލު ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345233 އަށެވެ.

08 މޭ 2024
ހޯދާ