ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނޑިދޫ ޕްރީސްކޫލްގައި ތަޢުލީމް ހާޞިލުކުރުމަށް ފުރުޞަތު ހުޅުވާލުމާއި ގުޅޭ

މި އިޢުލާންވަނީ 09 މޭ 2024 09:59 ގައި ބާތިލް ކުރެވިފައެވެ.


2024-2025 ވަނަ ތަޢުލީމީ ދިރާސީ އަހަރު ބަނޑިދޫ ޕްރީސްކޫލް ނާސަރީ އަދި ބޭބީ ނާސަރީގައި ތަޢުލީމް ހާޞިލުކުރުމަށް އެދޭ ދަރިވަރުން ބަނޑިދޫ ޕްރީސްކޫލްގައި ރަޖިސްޓްރީކުރުމަށްއެދި ފުރުޞަތު ހުޅުވާލަމެވެ.

ބަނޑިދޫ ޕްރީސްކޫލްގައި ދަރިވަރުން ރަޖިސްޓްރީކުރުމަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 9 މެއި 2024 ން ފެށިގެން 15 މެއި 2024 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 ން ފެށިގެން 13:00 އަށް މިއިދާރާގެ ކައުންޓަރ އިންނެވެ. އަދި ފޯމް ބަލައިގަތުމަށްފަހު ދިރާސީ އަހަރަށް ބޭނުންވާ ތަކެތީގެ ލިސްޓް (ފޮތްލިސްޓް) ދޫކުރާނެ ވާހަކަ ބެލެނިވެރިންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ބޭބީ ނާސަރީއާއި ނާސަރީގައި ދަރިވަރަރުން ރަޖިސްޓާރ ކުރުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރާނަމަ އުމުރު ބެލުމަށް ހަމަޖެހިފައިވަނީ 1 ޖޫން 2024 ގެ ނިޔަލަށް ތިރީގައިވާ ތާވަލްގައިވާ ގޮތުގެ މަތިންނެވެ.

ގްރޭޑް

2024-2025 ވަނަ އަހަރު ގްރޭޑަށް ދަރިވަރުން ރެޖިސްޓަރކުރުމުގެ އުމުރު ފުރާ

ބޭބީ ނާސަރީ

2 އަހަރު ފުރި 3 އަހަރު ނުފުރޭކުދިން

ނާސަރީ

3 އަހަރު ފުރި 4 އަހަރު ނުފުރޭކުދިން

މިހެންވެ މިކަން އާއްމުކޮށްއަންގައި އިޢުލާނުކުރީމެވެ.

08 މޭ 2024
ހޯދާ