ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. އަތޮޅު ސްޓޭޓް ހައުސް ކޮޓަރި ތަކުގެ ފާޚާނާތައް މަރާމާތު ކުރުމާގުޅޭ

އިޢުލާނު

ފ. އަތޮޅު ސްޓޭޓްހައުސްގެ 08 ކޮޓަރީގެ ފާޚާނާގައި ކުރަންޖެހޭ މަސައްކަތްތަކާއި ފާޚާނާތަކުގައި މިހާރުހުރި ބައެއް ތަކެތި ބަދަލު ކުރުމަށް ބޭނުންވާތީ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. މި ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2024 މޭ 16 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގައި ރަޖިސްޓްރީވާން ޖެހޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް، މި ބީލަމުގެ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތު މިއިދާރާގެ ޕްރޮކިއުމެންޓް  އީ މެއިލަށް ([email protected] ) ފޮނުއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ބީލަން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

  1. ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2024 މޭ 28 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ފ. އަތޮޅު ސްޓޭޓްހައުސް ކޮޓަރިތަކުގެ ފާޚާނާތައް މަރާމާތު ކުރުމާގުޅޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

  1. ހުށަހަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލާމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލާއި، ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ އިތުރުން މިބީލަމާގުޅޭ މަޢުލޫމާތުތައް                މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓުންވެސް (www.faafu.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ.

 

  1. މި ބީލަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ 6740017 އަށް ގުޅުއްވުން އެދެމެވެ.

 

 

29 ޝައްވާލް 1445

08  މޭ    2024

08 މޭ 2024
ހޯދާ