މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ކޮމިޓީއަށް ދެ މެންބަރުން އައްޔަންކުރުމާގުޅޭ

ދިރިއުޅުމަށްޓަކައި ކާށިދޫއިން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ގޯތި ކޮމިޓީ އެކުލަވާލުމުގެ މަސައްކަތް މި އިދާރާއިން މި ގެންދަނީ ކުރަމުންނެވެ. ގޯތި ކޮމިޓީ އެކުލަވާލާއިރު ޢާއްމުންގެ ތެރެއިން އައްޔަންކުރެވޭ 02 މެންބަރަކު މި ކޮމިޓީގައި ހިމެނުމަށް ކައުންސިލުން ބޭނުންވެއެވެ.

        ވީމާ ގޯތި ކޮމިޓީގައި މަސައްކަތްކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 16 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން މި އިދާރާއަށް ދުރުވެ ނަން ނޯޓްކުރެއްވުން އެދެމެވެ. މި ކޮމިޓީގައި މަސައްކަތް ކުރެއްވުމަށް 02 ފަރާތަށްވުރެ ގިނަ ފަރާތުން ހުށަހަޅައިފި ނަމަ ކޮމިޓީއަށް އައްޔަންކުރާނެ މެންބަރުން ކަނޑައަޅާނީ ކޮމިޓީއަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.

      ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

07 މޭ 2024
ހޯދާ