ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ މީޓިންރޫމަށް ބޭނުންވާ ކޮންފަރެންސް ޓޭބަލްއެއް ހޯދަން ބޭނުންވެއްޖެ

                    މަޑަވެލި ކައުންސިލްގެ މީޓިންގ ރޫމަށް ބޭނުންވާ ކޮންފަރެންސް ޓޭބަލް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

                    މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި ހޯދަން ބޭނުންވާ ތަކެތީގެ އަދަދާއި ސްޕެސިފިކޭޝަން ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 މެއި 07 ން 2024 މެއި 15 ގެ ހެނދުނު 10:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކް: https://forms.gle/J9pi44MJ6B2nG8rX8 

ޕްރީބިޑް ސެޝަން:

15 މެއި 2024 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި އޮންލައިންކޮށް، (މީޓިންގ ލިންކް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ޙިއްސާ ކުރެވޭނެއެވެ.)

ބިޑް ހުށަހެޅުން:

މިމަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން 23 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެކުރިން 'ބިޑް ހުށަހަޅާ ފޯމް' އާއިއެކު އަންދާސީ ހިސާބު މިއިދާރާގެ މެއިލް [email protected]  އަށް މެއިލްއިން ހުށަހެޅުއްވުން އެދެމެވެ.

           

         އަންދާސީ ހިސާބާއެކު އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީ އާއި މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ދަންނަވާފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅަންވާނެއެވެ. ބީލަމުގައި ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތަކާއި، އަދި މިއިދާރާއިން ދެވޭ ބިޑްފޯމްގައި އަގު ނުހުށަހަޅާފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އަދި މިމަސައްކަތް ކުރުމަށް ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ވާހަކަވެސް ދެންނެވީމެވެ.

      މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

07 މޭ 2024
ހޯދާ