މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
'އަރޓް ޕީސް' ހަރަކާތް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ކުރިއަށްއޮތް 2016 ވަނަ އަހަރަކީ "ފަތުރުވެރިން ޒިޔާރަތްކުރާ އަހަރު" ގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާ އަހަރުކަމަށްވުމުން، ތަފާތު ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "އަރޓް ޕީސް" ހަރަކާތް މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.  

ވީމާ، މިކަންތައް ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 14 މޭ 2015ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކޯޕަރޭޝަނަށް (ވެލާނާގެ، 4 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 މޭ 2015ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

15 ރަޖަބު 1436

04 މޭ 2015
ހޯދާ