މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ނީލަމާއިބެހޭ މަޢުލޫމާތު

އިޢުލާން        

ިރީގައި މިދަންނަވާ ތަކެއްޗަކީ ފުރަތަމަ ބުރުގައި ނީލަން ކިޔައިގެން ނުނަގައި ހުރި ތަކެއްޗެވެ. ވީމާ މިތަކެތި ދެވަނަ ބުރަށް ނީލަން ކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 15 މޭ 2024 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި މާފަންނު އެމް.ޓީ.ސީ.ސީ ބަސް ޓާމިނަލް (މިނީ ބަސް ޕާރކިން ލޮޓް) ގައެވެ. ނީލަން ކިޔާތަނުގެ ލޮކޭޝަން ތިރީގައިވާ ލިންކުން ފެންނާނެއެވެ:

https://maps.app.goo.gl/VFt3zDG2s6bqvP657

ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައިވާ ތާވަލުގައި އެވަނީއެވެ. 

 

ލޮޓު ނަންބަރ 

މުދާ 

އަދަދު 

ނީލަންކިޔަން ފެށޭނެ އަގު 

ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު 

F001

އެންބިއުލަންސް (AB1A-G3880)

1

 126,000.00 ރ

100.00ރ

 

ނީލަންކިޔުމުގެ އުސޫލު 

 

  • ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ. 
  • ނީލަން ކުރިއަށް ގެންދާނީ މަދުވެގެން  1 ބައިވެރިއެއްގެ ހާޒިރުގައި ކަނޑައަޅާފައިވާ ގަޑީގައެވެ. 
  • ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ. 
  • ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ. 
  • ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މި މިނިސްޓްރީއަށް ދައްކައި ޚަލާޞްކުރަންވާނެއެވެ. ނީލަމުގެ އަގު ދައްކަންވާނީ ‘BandeyriPay’  ޕޯޓަލް މެދުވެރިކޮށްށެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިއުލާނުކުރެވޭނެއެވެ. 

 

06 މޭ 2024
ހޯދާ