ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުޤުވެރިވާ އުތީމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކުލަބް ޖަމްއިއްޔާތަކުން އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

1445 ވަނަ އަހަރުގެ އަޟްޙާ ޢީދު އުތީމުގައި ފާހަގަކުރުމަށް ޝައުޤުވެރިވާ ކުލަބް ޖަމްއިއްޔާތަކުން އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވައިލެވިފައެވެ.

ހުށަހަޅުއްވާ ޕްރޮޕޯސަލްގައި ޢީދުގައި ކުޅޭނެ ކުޅިވަރުތަކާއި، ކުލަބް ޖަމްއިއްޔާއިން ކުރައްވާނެ ޚަރަދުތަކާއި އަދި އަގެއް ނުނަގައި ކުރިއަށް ގެންދާނެ ހަރަކާތްތައްވެސް ހިމަނަންވާނެއެވެ. މީގެއިތުރުން، މުޅިރައްޔިތުން ގުޅިގެން ކުރިއަށް ގެންދާނެ ހަރަކާތްތަކާއި އަދި ޢީދުކުޅިވަރުތައް ދިރުވާ އާލާކުރުމުގެ ގޮތުން ކުރާނެ މަސައްކަތްތައްވެސް ހިމަނަންވާނެއެވެ. ޢީދު ފާހަގަކުރުމުގެ ގޮތުން ޕްރޮޕޯސަލް ހުށަހަޅާ ކޮންމެ ޖަމްއިއްޔާއަކަށް މިކައުންސިލުން ބަލާ މިންގަނޑުތަކަށް ފެތޭނަމަ -/10,000 ރުފިޔާގެ ގްރާންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ރަށުގައި އުފެދިފައިވާ ހުރިހާ ޖަމްއިއްޔާތައް ގުޅިގެން އެއް ޕްރޮޕޯސަލް ހުށަހަޅާނަމަ މިކައުންސިލުން ބަލަންޖެހޭ ކަންކަމަށް ބަލައި 25,000 ރުފިޔާ އާއި 30,000 ރުފިޔާ އާއި ދެމެދުގެ ގްރާންޓެއް ދެވޭނެއެވެ.  

ވީމާ، އުތީމުގެ އެއްވެސް ކުލަބް ޖަމްއިއްޔާއަކުން ނުވަތަ ހުރިހާ ޖަމްއިއްޔާތައް ގުޅިގެން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ބޭނުންފުޅުވާނަމަ 30 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލަށް ޕްރޮޕޯސަލް އީމެއިލް ކުރެއްވުން އެދެމެވެ.

އީމެއިލް ކުރައްވާނީ [email protected] އަށެވެ.

މިއިޢުލާނާއެކު ޕްރޮޕޯސަލްގައި ހިމަނަން ބޭނުންވާ މައިގަނޑު ބައިތައް ހިމެނޭ ކަރުދާހެއް ގެޒެޓްކުރެވިފައި ވާނެއެވެ.

މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:00 ން 14:00 އަށް މިކައުންސިލްގެ ނަންބަރު 6500038 ފޯނަށް ގުޅައިގެން އެކަމެއް ސާފުކުރެވޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 މޭ 2024
ހޯދާ