މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް މުސާވާތު މަރާމާތު ކުރާނެ ފަރާތެއް ހޯދުން

އިޢުލާން

 

މަސްޖިދުލް މުސާވާތު މަރާމާތު ކުރާނެ ފަރާތެއް ހޯދުން

 މިރަށު މަސްޖިދުލް މުސާވާތުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 12 މެއި 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލުގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް، 13 މެއި 2024 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން މަޢުލޫމާތު ޝީޓް މެއިލްކުރެވޭނެއެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-         އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          މަޢުލޫމާތު ސާފުކުރާ ފަރާތުގެ ކުންފުނީ/ ޕާޓްނާޝިޕް/ ފަރުދުންގެ ވިޔަފާރި/ ކޯޕަރޭޓިވް ސޮސައިޓީ ގެ ނަން

-          ރަޖިސްޓްރީ ނަމްބަރ

-          އީމެއިލް އެޑްރެސް

-          ގުޅޭނެ މޯބައިލް ނަމްބަރު

            އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 16 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މ. މުލީ ކައުންސިލްގެ އިދާރާގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިވެލުލުވޭޝަން ކްރައިޓީރިއާ

  • މަސައްކަތުގެ އަގު: %70 ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
  • މުއްދަތަށް: %20 ޕޮއިންޓް (އެންމެ ކުރުމުއްދަތު ބެންޗްމާކް ކަމުގައި ބަލައިގެން)
  • މަސައްކަތުގެ ތަޖުރިބާ: ޕޮއިންޓް (ތަޖުރިބާ ލިޔުމުގެ ގޮތުގައި ބަލާނީ ސަރުކާރުގެ އިދާރާއަކުން މިބާވަތުގެ މަސައްކަތްކުރިކަމަށް އެފަރާތުން ދޫކޮށްފައިވާ 20،000.00 ރުފިޔާއަށްވުރެ އަގުބޮޑު މަސައްކަތްތަކެވެ. އަދި ކޮންމެ ލިޔުމަކަށް 1 ޕޮއިންޓެވެ. މިގޮތުން އެންމެ ގިނައިންދެވޭނީ 5 ޕޮއިންޓެވެ.)
06 މޭ 2024
ހޯދާ