ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިނބިދޫ މަސްޖިދުއްސިޔާދާ މިސްކިތާއި މަސްޖިދުލް ޢާއިޝާ މިސްކިތުގެ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

ކިނބިދޫ މަސްޖިދުއްސިޔާދާ މިސްކިތާއި މަސްޖިދުލް ޢާއިޝާ މިސްކިތުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ޚަރަދުގައި ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • މަސްޖިދުލް ސިޔާދާ މިސްކިތުގައި ކުރަންހުރި މަސައްކަތްތައް 

1- މިސްކިތުގެ އެތެރޭގެ ފާރުތަކުގައި އުވަކޮށައި ތަށިމުށި ޖެހުން

2- ފަންކާތައް ނަށްޓައި އައު ފަންކާ ހަރުކުރުން އަދި ފަންކާތަކަށް ކަރަންޓް ވައިރު އެޅުން

3- މިސްކިތުގެ ބޭރު ހުޅަނގުފަރާތު ފާރުގެ ހަލާކުވެފައިވާ ބެރި މަރާމާތުކޮށް ރަނގަޅުކުރުން

4- މިސްކިތުގެ ފެންޑާއަށް ވަންނަ ތަނުގައި ބަލިމީހުންނަށް އަރަން ފަސޭހަކުރަން ދަގަނޑުހޮޅިން ސަޕޯޓެއް ހަރުކުރުން .

5- މިސްކިތުގެ އަންހެނުން ނަމާދުކުރާބައިގެ ފެންޑާއަށް ވާރޭފެން ނުވިއްސާނެގޮތެއް ހެދުން

6- މިސްކިތުގެ މަގުފާރުގެ ދެފަރާތުން އުވަކޮށައި ސިމެންތިޖެހުން

  • މަސްޖިދުލް ޢާއިޝާ މިސްކިތުގައި ކުރަންހުރި މަސައްކަތްތައް

1- ޢާއިޝާ މިސްކިތުގެ އުތުރުފަރާތާއި ހުޅަނގު ފަރާތުގެ ދިޔަދޮވި ބަދަލުކުރުން

މިމަސައްކަތާބެހޭ ތަފުސީލު މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 17 މޭ 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ކުރީގެ 10:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަންނަ ގޮތަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލު

- މަސައްކަތުގެ އަގަށް    %80  (ހުށަހެޅޭ އެންމެ ކުޑައަގު / ހުށަހެޅި އަގު 80x)

- މުއްދަތަށް        % 10  (ހުށަހެޅޭ އެންމެ ކުރުމުއްދަތު / ހުށަހެޅި މުއްދަތު 10x)

- މާލީ ތަނަވަސްކަން   % 05  (ވޭތުވެދިޔަ 6 މަސްދުވަހުގެ ބޭންކް ސްޓޭޓްމެންޓަށް ކޮންމެ މަހެއް ވަކީން ބޭންކުގައި ފައިސާ އެންމެ ގިނަ އަދަދު / ފައިސާގެ އަދަދު 5x ބަލައި އެވްރެޖް ހޯދުން)

- ތަޖުރިބާއަށް       % 05  (މިބަޔަށް ޕޮއިންޓް ދެވޭނީ މިފަދަ މަސައްކަތްތައް ކޮށްފައިވާނަމަ އެމަސައްކަތްތައް ކޮށްފައިވާ ކަމުގެ ލިޔުންތައް ހުށަހެޅުމުން އެލިޔުންތަކުގެ މައްޗަށް ރިޢާޔަތް ކޮށެވެ.)

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ރަޖަބު 1436                        

30 އޭޕްރިލް 2015
ހޯދާ