މަދަރުސަތުލް ޝަހީދު ޢަލީ ތަކުރުފާނު، ހއ. ތަކަންދޫ
ދިވެހިރާއްޖެ
ޝަހީދުއަލީ ތަކުރުފާނު ސްކޫލުގެ ކަރަންޓް ވަޔަރިންގ އަލުން އަޅައި ތްރީފޭސް އަށް ބަދަލުކުރުން.

             

                                                                                    ނަންބަރ: GS87/IUL/2024/04

އިޢުލާން

 

        މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ސްކޫލުގެ ކަރަންޓް ވަޔަރިންގ އަލުން އަޅައި ތްރީފޭސް ކަރަންޓަށް ބަދަލުކުރަން ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ  ތާރީޚަށް ޝަހީދުއަލީ ތަކުރުފާނު ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

15 މޭ 2024 ވާ ބުދަ ދުވަހުގެ 11:00 އަށް

20 މޭ 2024 ވާ ހޯމަ ދުވަހުގެ 11:00 އަށް

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:00 އިން 12:00 އަށް 6500576 ނަންބަރު ފޯނާއެވެ.

މި މަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

27 ޝައްވާލް 1445ހ.

06 މޭ 2024
ހޯދާ