މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ދިޔަދޮވި ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ޤައުމީ ފުޓުބޯޅަދަނޑުގެ ދެކުނު ފަރާތު ސިޑިބަރީގެ ފުރާޅުގެ ދިޔަދޮވި ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IUL)141-A/1/2015/97)ފ(10 މާރިޗު 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑްތައް ބަލައިގަތުމުގައި ދިމާވި މައްސަލައެއްގެ ސަބަބުން، އެ އިޢުލާން ބާޠިލުކޮށް، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

 

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

ޔޫތު އެކޮމޮޑޭޝަން ބްލޮކް (ޝަބުނަމް މަގު)

އާދީއްތަ

10 މޭ 2015

10:00

އަންދާސީހިސާބު ހުށަހެޅުން

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގޭގެ 3 ވަނަ ފަންގިފިލާއަށް)

ބުރާސްފަތި

14 މޭ 2015

10:00

މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 11 ރަޖަބު 1436

30 އޭޕްރިލް 2015
ހޯދާ