ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ. ހިންނަވަރު ކައުންސިލްގެ މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް މަސައްކަތް ރާވައި ހިންގަދޭނެ ފަރާތެއް ހޯދުމާއިގުޅޭ.

މި ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައުލޫމާތު އާއްމުންނަށް އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދީ، އެކި މީޑިއާ ތަކާއި ގުޅުން ބަދަހިކޮށް، ކުރެވޭ މުއާމަލާތްތައް ވިލަރެސްކޮށްދޭނެ، ފަރާތެއް ހޯދަން ބޭނުންވެއެވެ. މި ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ޕްލޭންތަކާއި ޕްރޮޖެކްޓް އަދި ޕްރޮގްރާމް ތަކުގެ މައުލޫމާތު އާންމުނަށް ދެމިގެންދާ ގޮތެއްގައި ދެވިގެންދިއުމަކީ މި ކައުންސިލުން ވަރަށް މުހިއްމު ކަމެއް ކަމުގައި ދެކޭތީ، މި މަސައްކަތާ ހަވާލުވާ ފަރާތުން، އެފަދަ މައުލޫމާތުތައް އާންމުންނަށް ހިއްސާކޮށްދެއްވުމައި އިސްކަން ދޭންވާނެއެވެ.

ވީމާ، މި މަސައްކަތް މި ކައުންސިލަށް ކޮށްދެއްވުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މަޢުލޫމާތު  ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި ޅ.ހިންނަވަރު ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

ޕްރީބިޑް މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.
  • އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް    12 މެއި 2024 ވާ އާދިއްތަ ދުވަހުގެ 10:00ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.

ބިޑް (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 19 މެއި 2024 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑް / ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  •  ގަޑިޖެހިގެން ބިޑް ހުށަހަޅަން ވަޑައިގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ.

 

 

 

އިތުރު މަޢުލޫމާތު:

އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ ޅ. ހިންނަވަރު، ދިވެހިރާއްޖެ،

ފޯން: 6622719 ނުވަތަ 6620301 (ރަސްމީ ގަޑީގައި)

އީމެއިލް: [email protected]

05 މޭ 2024
ހޯދާ