މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމަކާ ގުޅާ އިންޓަރގްރޭޓް ކުރާނެ ފަރާތެއް ހޯދުމަށް

ނެޝަނަލް ހެލްތު ލެބޯޓްރީގެ އެޗްޕީއެލްސީ ޔުނިޓަށް ކޮމްޕިއުޓަރ ސިސްޓަމަކާ ގުޅާ އިންޓަރގްރޭޓް ކުރާނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ ނަންބަރު IUL)23-AP/1/2015/90)ފ(21 އެޕްރީލް 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު ނެޝަނަލް ހެލްތު ލެބޯޓްރީގެ އެޗްޕީއެލްސީ ޔުނިޓަށް ކޮމްޕިއުޓަރ ސިސްޓަމަކާ ގުޅާ އިންޓަރގްރޭޓް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 11 ވާ ހޯމަ ދުވަހުގެ 11:00އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 14 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

15 ރަޖަބު 1436       

04 މޭ 2015
ހޯދާ