މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ތ. މަޑިފުށީ ހެލްތު ސެންޓަރުގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

ތ. މަޑިފުށީ ހެލްތު ސެންޓަރުގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 21 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް ތ. ވޭމަންޑޫ އަތޮޅު ހޮސްޕިޓަލަށާއި ތ. މަޑިފުށީ ހެލްތު ސެންޓަރަށް އަދި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 28 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ތ. ވޭމަންޑޫ އަތޮޅު ހޮސްޕިޓަލަށާއި ތ. މަޑިފުށީ ހެލްތު ސެންޓަރަށް އަދި މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

15 ރަޖަބު 1436       

04 މޭ 2015
ހޯދާ