ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލުގެ ސްޓާރފްރޫމް، ލައިބްރަރީ، އިދާރީ އޮފީސް ،ލީޑިންގޓީޗަރ ކެބިންގައި ހަރުކޮށްފައިވާ އެއަރކޯންތަކަށް ސާރވިސް ދިނުމަށައި ޕްރިންސިޕަލް ކެބިންގައި މިހާރުހުރި އެއަރކޯން ނަގާ އާ އެއަރކޯނެއް އިންސްޓޯލް ކުރުމަށް ކޯޓޭޝަން ހުށަހެޅުން.

  

މި ސްކޫލްގެ ޓީޗަރުން ބޭނުންކުރަމުންދާ ސްޓާރފްރޫމްގައި ހަރުކޮށްފައިވާ 2 އެއަރކޯން ،ލީޑިންގ ޓީޗަރ ކެބިންގައި ހަރުކޮށްފައިވާ 1 އެއަރކޯން، ލައިބްރަރީގައި ހަރުކޮށްފައިވާ 1 އެއަރކޯން އަދި އެޑްމިން އޮފީހުގައި ހަރުކޮށްފައިވާ 1 އެއަރކޯން (ޖުމްލަ 5 އެއަރކޯން ) ފުލް ސާރވީސް ދިނުމަށާއި ޕްރިންސިޕަލް ކެބިންގައި މިހާރު އެއަރކޯން ނެގުމަށްފަހު އާ އެއަރކޯން އެއް އިންސްޓޯލް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ކޯޓޭޝަން ހުށަހެޅުން އޮންނާނީ 9 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގައެވެ. ކޯޓޭޝަން ހުށަހެޅުވުމަށް ވަޑައިގެންނެވެންނެތް ބޭފުޅުންނަށް މިސްކޫލުގެ އީމެއިލް [email protected] އަށް އީމެއިލް ކުރުމުގެ ފުރުސަތު އޮއްނާނެ ވާހަކަ ދަންނަވަމެވެ. މި  މަސައްކަތައް ކޯޓޭޝަން ހުށަހެޅޭނީ ކުންފުނި (ޕާރޓްނަރޝިޕް) ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ (އެސްއެމްއީ) ގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

05 މޭ 2024
ހޯދާ