މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
02 ވެހިކަލް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

ތ. އަތޮޅު ހޮސްޕިޓަލްގެ ތިރީގައި މިދަންނަވާ 02 ވެހިކަލް މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

  1. ތ. ގާދިއްފުށީ ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް (ރަޖިސްޓަރީ ނަންބަރު : BIA3390)
  2. ތ. ތިމަރަފުށީ ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް (ރަޖިސްޓަރީ ނަންބަރު : BIA4185)

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 11 ވާ ހޯމަ ދުވަހުގެ 10:00އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 14 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

15 ރަޖަބު 1436       

04 މޭ 2015
ހޯދާ