މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ނެޝަނަލް ވޯޓަރ އެވެއަރނަސް ކެމްޕެއިނަށް ވީޑިއޯ ލަވައެއް ހެދުމާބެހޭ

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

ނެޝަނަލް ވޯޓަރ އެވެއަރނަސް ކެމްޕެއިނަށް ވީޑިއޯ ލަވައެއް ހެދުމާބެހޭ

ނެޝަނަލް ވޯޓަރ އެވެއަރނަސް ކެމްޕެއިނުގައި ބޭނުންކުރުމަށް ވީޑިއޯ ލަވައެއް ހެދުމަށް ބޭނުންވެއެވެ. މިގޮތުން މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

ވީމާ، މިމަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ، ފަރާތްތަކުން 07 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިމިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވާއިރު ސިޓީއުރައިގެ ބޭރުގައި؛

"ނެޝަނަލް ވޯޓަރ އެވެއަރނަސް ކެމްޕެއިނަށް ވީޑިއޯ ލަވައެއް ހެދުމާބެހޭ"

ޖެއްސެވުމަށްފަހު، ސިޓީއުރައިގެ މަތީގައި "ސިއްރު" ޖައްސަވައި ތިރީގައިވާގޮތަށް އެޑްރެސްކޮށް ފޮނުއްވައިދެއްވުން އެދި ދެންނެވީމެވެ.

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ފޯން: 3004300 ، 3004213

ފެކްސް:3004301

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

04 މޭ 2015
ހޯދާ