ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.މަޑަވެލި ޤަބުރުސްތާނުގެ ވަށައިފާރު ނިންމުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ގދ. މަޑަވެލި ޤަބުރުސްތާނުގެ ވަށައިފާރު ނިންމުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިއިޢުލާނާއިއެކު، މި މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި، 'އަގުހުށަހަޅާ ފޯމު' އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

05 މެއި 2024 އިން 12 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އާއި ހަމައަށް ތިރީގައިވާ ލިންކުގައިވާ ރަޖިސްޓްރޭޝަން ޝީޓްގެ ގޫގުލް ފޯމް ފުރުއްވައިގެން:

ލިންކް: https://forms.gle/PP88soxkPafNi6KWA

ޕްރީބިޑް މީޓިންގ:

13 މެއި 2024 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގައި އޮންލައިން ކޮށް. (މީޓިންގ ލިންކް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ޙިއްސާ ކުރެވޭނެއެވެ.)

ބިޑް ބަލައިގަތުން:

22 މެއި 2024 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި (މަޑަވެލި ކައުންސިލްގެ މީޓިންގ ރޫމްގައި)

        ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަތީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ބީލަމުގައި ބައިވެރިވެލެއްވުން އެދެމެވެ. އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ. އަދި މިމަސައްކަތް ކުރުމަށް ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ވާހަކަވެސް ދެންނެވީމެވެ.        

            މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

05 މޭ 2024
ހޯދާ