އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ލީގަލް އޮފިސަރ
ބޭނުންވާ އަދަދު :2

މަޤާމުގެ ރޭންކް:

ޖީ.އެސް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާޓްމަންޓް

ކޭސް މެނޭޖްމަންޓް

ފެންވަރު ނުވަތަ ޝަރުޠު:

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 05 ގެ ފެންވަރުގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު ޖީސީއީ އޯލެވަލްގައި ދަށްވެގެން އިނގިރޭސިން "ސީ" ފާހެއް ނުވަތަ އެފެންވަރުގެ އެހެން އިނގިރޭސިފާހެއް ލިބިފައިވުމާއެކު އެސްއެސްސީ އިމްތިޙާނުން ދިވެހިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން. ނުވަތަ
  2. ޖީސީއީ އޭލެވަލް އިމްތިޙާނުގައި ދެމާއްދާއިން ދަށްވެގެން ސީ ފާސްލިބިފައިވުން އަދި ޖީސީއީ އޯލެވަލްގައި ދަށްވެގެން އިނގިރޭސިން "ސީ" ފާހެއް ނުވަތަ އެފެންވަރުގެ އެހެން އިނގިރޭސިފާހެއް ލިބިފައިވުމާއެކު އެސްއެސްސީ އިމްތިޙާނުން ދިވެހިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން. ނުވަތަ
  3. ސާނަވީ ތަޢްލީމް ފުރިހަމަ ކުރުމަށްފަހު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. މަހޯލި ޕޯޓަލް މެދުވެރިކޮށް އަދި އެހެނިހެން ގޮތްގޮތުން އޮފީހަށް ހުށަހެޅޭ މައްސަލަތައް ވެރިއެއްގެ ލަފާގެ މަތިން ބަލައި ޖަވާބު ދިނުމާއި މައްސަލަތައް ފައިލްކޮށް ބެލެހެއްޓުން.
  2. މަހޯލި ޕޯޓަލް މެދުވެރިކޮށް އަދި އެހެނިހެން ގޮތްގޮތުން އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތަފުސީލު އަދާހަމަކޮށް ބެލެހެއްޓުން
  3. ހުށަހަޅޭ މައްސަލަތައް ދިރާސާކޮށް، ކޭސް ނޯޓްސް ތައްޔާރުކުރުން.
  4. ހުށަހަޅޭ މައްސަލަތަކާ ގުޅިގެން ބޭނުންވާ ޤާނޫނީ ލަފާދިނުން.
  5. އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ އަޑުއެހުންތައް ތާވަލުކޮށް ޗިޓު ތައްޔާރުކޮށް ފޮނުވުން.
  6. ހުޅުވާލެވިގެން ބޭއްވޭ ބައްދަލުވުންތަކުގައި ބައިވެރިވެ، ކޭސް ނޯޓްސް އަދާ ހަމަކުރުން.
  7. އިންޓަރނަލް އެންޑް އެކްސްޓަރނަލް ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ލިޔުން.
  8. އޮފީހަށާއި އެހެނިހެން އިދާރާތަކަށް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅިގެން ޤާނޫނީ ލަފާ ދިނުން.
  9. މި އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ނިންމުމާއި ރިޕޯޓު ލިޔުން.
  10. ހުށަހެޅޭ މައްސަލަތަކުގެ މާސްޓާރ ޝީޓު އަދާ ހަމަކޮށް ބެލެހެއްޓުން އަދި ސްޓެޓްސް ނެގުން.
  11. އޮފީހަށް ހުށަހެޅޭ މައްސަލަތައް ރަޖިސްޓާރ ކުރުން
  12. ކޮންމެ ދުވަހެއްގެވެސް ކުރެވޭ މަސައްކަތުގެ މައްޗަށް ބިނާކޮށް އެދުވަހުގެ ޔައުމިއްޔާ ނޯޓު ކުރުން.
  13. ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ފޮނުވަން ޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ފޮނުވުން.

މި މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރުކަންތައްތައް:

-      މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

-      ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު

-       މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު

-      ކޮމްޕިޔުޓިންގ އަހުލުވެރިވެފައިވާ މިންވަރު

-      ވަޒީފާއާ ބެހޭ ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު

އުޖޫރައާއި އިނާޔަތްތައް:

-      އަސާސީ މުސާރަ: (މަހަކު) -7,000/ ރުފިޔާ.

-      ސަރވިސް އެލަވަންސް: (މަހަކު) -3,000/ ރުފިޔާ

-      ލިވިންގ އެލަވަންސް: (މަހަކު) -3,000/ ރުފިޔާ

-      އެހެން ވަޒީފާއެއް އަދާކުރުން މަނާ ކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35

-      އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

   - ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)

   - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު

   - ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު/ ތަޖުރިބާގެ ލިޔުން

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:

14 މެއި 2024 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ.ބިއްލޫރިޖެހިގެ، މާލެ، ދިވެހިރާއްޖެ.

ފޯމުތައް އީމެއިލް މެދުވެރިކޮށް ފޮނުވާނީ [email protected]  އަށެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990  ނަންބަރު ފޯނާއެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ  އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ.

ނޯޓު: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުންނާއި މި އޮފީހުގެ ވެބްސައިޓް www.icom.mv އިން ލިބެން ހުންނާނެއެވެ.

05 މޭ 2024
ހޯދާ