ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ފީއަލީ ކައުންސިލްގެ ގުދަން އަދި ޕްރީސްކޫލްގެ ފާޚާނަ ހަދައިދޭނެ ފަރާތެއް ހޯދުން

 

 

 

އިޢުލާން

 

ފ.ފީއަލީ ކައުންސިލްގެ ގުދަން އަދި ޕްރީސްކޫލްގެ ފާޚާނަ ހަދައިދޭނެ ފަރާތެއް ހޯދުން

 

          ފ.ފީއަލީ ކައުންސިލްގެ ގުދަން އަދި ޕްރީސްކޫލް ފާޚާނަ މި އިޢުލާނާއި އެކުގައި ދީފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް  ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވިމާ ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފީއަލީ ކައުންސިލް އިދާރަގައި ރަޖިސްޓްރީ ވާންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ދެވޭ އެންމެ ފަހު މުއްދަތަކީ 09 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ނިޔަލަށެވެ. ( ރަޖިސްޓްރީ ވުމަށް -/500 ރުފިޔާގެ ފީއެއް ދަށްކަންވާނެއެވެ.) އެގޮތުން ރަޖިސްޓްރީ ވުމަށް ފީ ދެއްކުމަށްފަހު، ޓްރާންސްފާރ ސްލިޕް ނުވަތަ ފައިސާ ދެއްކިކަމުގެ ރަޝީދު، ރަޖިސްޓްރީވުމަށް އެދޭ ފޯމާއެކު މިއިދާރާގެ އީމެއިލް އެޑްރެހަށް [email protected] އަށް ފޮނުވަންވާނެއެވެ.

ރަޖިސްޓްރީ ވުމަށް ފީ ދެއްކުން

އެކައުންޓްގެ ތަފްޞީލް

ނަން: Secretariat of Feeali Council

އެކައުންޓް ނަންބަރު: 7730000044669

  1. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އެގޮތުން މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  2. ބީލަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކޮށް ބީލަމުގައި ރަޖިސްޓްރީކުރަންވާނެއެވެ. ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުން   2024 މޭ 12 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައި އޮންނާނެއެވެ. (މަޢުލޫމާތު ސެޝަންގައި ބައިވެރިވުމަކީ އިޚްތިޔާރީކަމެއް)
  3. ބިޑް ހުޅުވުން އޮންނާނީ 14 މޭ 2024 ވާ އަންގާރަ ދުވަހުގެ 10:00 ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  4. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންންތައް އަދި މި ބީލަމުގައި މިއިދާރާގައި ރަޖިސްޓްރީ ނުކޮށް ހުށަހަޅާ ބީލަންތައް ބަލައި ނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

05 މޭ 2024

26 J 1445

 

ޚާދިމްކުމް

 

މޫސާ އަޙްމަދު

05 މޭ 2024
ހޯދާ