މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

މަސައްކަތު

ރޭންކް:

އެސް. އެސް. 1

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް، ގްރޭޑް 1

އޮފީސް / އިދާރާ:

މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ 

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ

މުސާރަ:

3100.00 ރުފިޔާ

ސަރވިސް އެލެވަންސް:

1000.00 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

 ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
  1. ކައުންސިލް އިދާރާ ހުޅުވައި ބަންދުކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފާއެކު އިދާރާ ހުޅުވައި ބަންދުކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުން.
  2. ކޮންމެ ދުވަހަކު ކައުންސިލް އިދާރާގެ އެތެރެ ފޮޅައި ކުނިކަހައި ސާފުކުރުމާއި، މޭޒުތަކާއި ގޮނޑިތަކާއި އިދާރާގެ މެޝިނަރީތައް ފަރުވާތެރިކަމާއެކު ފޮޅައި ސާފުކުރުމާއި، ދޮރާއި ދޮރުފަތްތަކާއި ހަރުތައް ހަފުތާއަކު ދެފަހަރު ފޮޅައި ސާފުކުރުމާއެކު، މަދުވެގެން ތިންފަހަރު އިދާރާގެ ތަޅުމުގައި މޮޕްޖަހައި ފާޚާނާތައް ސާފުކުރުން.
  3. ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތީން އިދާރާއަށް ހާޒިރުކުރަންޖެހޭ ފަރާތްތައް އިދާރާއަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، އެމީހުންނާ ދޭތެރޭ އެންމެ އެކަށޭނެ ރަގަނޅުގޮތަކަށް ތިމާގެ ޢަމަލުތައް ބެހެއްޓުމާއެކު މަޑުމައިތިރިކަމާއި ރިވެތިބަހުން މުޢާމަލާތްކުރުން.
  4. އެކިއެކި ބޭނުންތަކަށް އިދާރާއަށް ގެންނަ ތަކެއްޗާއި، އިދާރާއިން އެކިފަރާތްތަކަށް ހަވާލުކުރަންޖެހޭ އެންމެހައި ތަކެތި ގެންގޮސް ގެނެސް ހެދުމުގައި ތަކެއްޗަށް ރައްކާތެރިވުމާއި ފަރުވާތެރިކަމާއެކު ތަކެތި ހަވާލުކުރުން.
  5. ކައުންސިލް އިދާރާގެ ފުރާޅާއި، ގުދަނާއި، ފާޚާނާތަކާއި، ވަޅާއި، ދިޔަދޮވި  ސާފުކޮށް ރަގަނޅަށް ބެލެހެއްޓުމާއި، އިދާރާގެ ކޮޓަރިތައް ސާފުކޮށް ބެލެހެއްޓުމާއި، ދޮންނަންޖެހޭ ތަކެތި ދޮވުމާއި، އިދާރާގެ މަސައްކަތުގައި ބޭނުންކުރަން ގެންގުޅޭ އެންމެހައި ތަކެތި ރައްކާތެރިކަމާއި ފަރުވާތެރިކަމާއެކު ސާފުކޮށް ބެހެއްޓުމާއި، އިދާރާގެ ގޯތިތެރެއާއި އިދާރާގެ ވަށައިގެންވާ މަގުތަކުން ސާފުކުރަންޖެހޭ ބައި ސާފުކޮށް ބެލެހެއްޓުން.
  6. އެކިއެކި މުނާސަބަތުތަކާ ގުޅިގެން ސަރުކާރުން ފާހަގަކުރާ ދުވަސްތަކުގައި އެދުވަހަކަށް ތައްޔާރުވުމުގެގޮތުން ވާންޖެހޭ ތައްޔާރީތަކުގައި ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތީން ހަރަކާތްތެރިވުން.
  7. އިދާރާގެ ގޯތިތެރޭގައި ބަގީޗާ ހައްދައި ބެލެހެއްޓުމާއި، އިދާރާގެ ގޯތިތެރޭގައި ހުންނަ ރުއްގަސްތައް ކޮށައި ބެލެހެއްޓުން.
  8. ކައުންސިލްގެ އިދާރާގެ ދިދަ ޤަވައިދުން ނަގައި ތިރިކުރުމުގެ އެންމެހައި ކަންކަން ކުރުމާއި،  ކޯޓާއި ކައުންސިލްގެ އިދާރާއަކީ އެއް އިމާރާތެއްގައި ހުންނަ ދެތަނަކަށްވާތީ، ކޯޓުގެ މަސައްކަތުމީހަކު ނެތް ހިނދެއްގައި ދިދަ ނަގަންޖެހިއްޖެނަމަ ދިދަ ނަގައި ތިރިކުރުމާއި، ލައުޑް ސްޕީކަރު / މެގަފޯން ބޭނުންކޮށްގެން އަވަށަށް ގޮވުމާއި، ފޯނު ނަގާނެ މުވައްޒަފެއް ނެތް ޙާލަތެއްގައި އިދާރާގެ ފޯނަށް ޖަވާބުދީ، ފޯން ޕާސްކުރަންޖެހޭ ފަރާތްތަކަށް ޕާސްކޮށްދިނުމާއި، ލިޔެކިޔުން ފައިލްކުރުމަށް އެހީތެރިވުން.
  9. ރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކަށް ކައުންސިލްގެ މަޝްވަރާގެމަތީން ބެލެހެއްޓުމާއި ބައިވެރިވުން.
  10. އޮފީހުގެ ސިއްރު ހިފެހެއްޓުން.
  11. މީގެ އިތުރުންވެސް، އިދާރާގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނީ ތިރީގައިމިވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.
  • ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނީ، ސިވިލް ސަރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް- 1 ފެބުރުވަރީ 2012 ގައިވާ ސަޕޯޓް ސަރވިސްގެ މަޤާމުތަކަށް މުވައްޒަފުން ޢައްޔަންކުރުމުގެ ކްރައިޓީރިއާ (އެސްއެސް 1 ން އެސްއެސް 05 އަށް ) ގައިވާ ގޮތުގެ މަތިންނެވެ. މިގޮތުން:-
  • ލިބިފައިވާ ތަޢުލީމާއި ތަމްރީން  %50
  • މަސައްކަތުގެ ތަޖުރިބާ % 16     
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް % 34

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ، މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.
  • އިންޓަވިއު ކުރުން އޮންނާނީ، 12 މޭ 2015 އާއި  26 މޭ 2015 އާ ދެމެދު، ދޮންފަނު ކައުންސިލްގެ އިދާރާގައެވެ.
  • އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް 24 ގަޑިއިރުގެ ކުރިން ދޮންފަނު ކައުންސިލްގެ އިދާރާއިން އަންގަމުން ގެންދާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 މޭ 11 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު، ބޭނުންވާ އެހެނިހެން ލިއުންތަކާއެކު ބ ދޮންފަނު ކައުންސިލްގެ އިދާރާއަށް.  

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ ދެވޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭފޯމު ބ. ދޮންފަނު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)  
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

އިތުރު މަޢުލޫމާތު:

މި  އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ، 6600054  ނަންބަރު  ފޯނާއެވެ.  ފެކްސް ނަންބަރަކީ 6600054 އެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.

11 ރަޖަބު 1436

30 އޭޕްރިލް 2015
ހޯދާ