މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެއަރޕޯޓް އިންޝުއަރެންސްގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އެއަރޕޯޓް އިންޝުއަރެންސްގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

     މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)އަށް، 1 ޖުލައި 2024 އިން 30 ޖޫން 2025 އަށް އެއަރޕޯޓް އިންޝުއަރެންސްގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން ފޯރުކޮއްދޭންޖެހޭ އިންޝުއަރެންސްތަކަކީ "އޯލްރިސްކް އެންޑް ބިޒްނަސް އިންޓަރަޕްޝަން" އިންޝުއަރެންސް، "އެއަރޕޯޓް އެވިއޭޝަން ލަޔަބިލިޓީ" އިންޝުއަރެންސް އަދި "ޓެރަރިޒަމް" އިންޝުއަރެންސްއެވެ.

     މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 މޭ 8 ވާ ބުދަދުވަހުގެ މެންދުރު 14:00 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) ތެރެއިން މިބީލަމަށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ރަޖިސްޓްރީގެ މުއްދަތު ހަމަވުމުން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ.

     މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ' (އެމް.އެމް.އޭ)ގައި 'އިންޝުއަރެންސް ޕްރޮވައިޑަރ/ކުންފުނި' ނޫނީ 'އިންޝުއަރެންސް ބްރޯކަރ' އެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށްވާންވާނެއެވެ.

     "ޓެންޑަރ ޕޯޓަލް" ތެރެއިން ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2024 މޭ 15 ވާ ބުދަދުވަހުގެ މެންދުރު 14:00 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހެޅި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 މޭ 15 ވާ ބުދަދުވަހުގެ މެންދުރު 14:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.

     ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް  www.macl.aero އަށެވެ.

02 މޭ 2024
ހޯދާ