މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ

އިޢުލާން

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލް އިދާރާގެ މުނިސިޕަލް ސަރވިސް އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމުގެ ނަން

އެމް އެސް 2

ރޭންކް

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ކްލެސިފިކޭޝަން

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ

އޮފީސް/އިދާރާ

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް

އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސަސް

ޔުނިޓް

ދާއިމީ

މަޤާމުގެ ގިންތި

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ

ވަޒީފާ އަދާކުރަންޖެހޭ ރަށް

6295.00 ރުފިޔާ (މަހަކު)

މުސާރަ

2000.00 ރުފިޔާ  (މަހަކު)

ސަރވިސް އެލަވަންސް

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާއާއި،  ސިވިލް ސަރވިސްގެ ޤަވާއިދުގައި މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ޢިނާޔަތްތައް ލިބިދެވޭ އުޞޫލުން ހަމަޖެހޭނެއެވެ.

އެހެނިހެން ޢިނާޔަތްތައް

 

1 (އެކެއް)

ބޭނުންވާ އަދަދު

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  6ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠު

 

 

 

 

1- ރަށު ކައުންސިލުން ބަލަހައްޓަންޖެހޭ ބިނާތަކުގެ ރެކޯޑް ބެލެހެއްޓުމާއި، ޙިމާޔަތްކުރަންޖެހޭ ތަންތަނާއި ތަކެތި ދެނެގަތުމާއި، އެތަންތަނަށް ލިބޭ ގެއްލުމާއި މަރާމާތު ދެނެގަތުން.

2- ރަށުގައި ގެންގުޅޭ އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، އަލަށް އުފެދޭ އުޅަނދުފަހަރުގެ ރަޖިސްޓްރީ ހަދައިދިނުމާއި، އޮޑީ ނަންބަރު ހޯދައިދިނުން.

3- ރަށުގެ ތަރައްޤީގެ ޕްލޭނާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ލޭންޑް ޔޫސް ޕްލޭން އަހަރުން އަހަރަށް އަޕްގްރޭޑްކޮށް ބެލެހެއްޓުމާއި، އިދާރާގެ ފައިނޭންސިއަލް ޕްލޭން ތައްޔާރުކުރުމުގައި މަޝްރޫޢުތަކަށް ހިނގާ ޚަރަދުތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

4- އެކިއެކި ޕްރޮޖެކްޓްތަކާ ބެހޭގޮތުން ލިޔަންޖެހޭ ލިޔުންތަށް ތައްޔާރުކުރުން.

5- ވިޔަފާރި، ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ހިންގުމުގެ ހުއްދަ ހަދައިދިނުމާއި، ހުއްދައާބެހޭ ރެކޯޑްތައް ބެލެހެއްޓުން.

6- އެއްގަމާއި ކަނޑުގައި ދުއްވާ އެއްޗެތީގެ ލައިސަންސާއި، ރޯޑްވާދިނަސްއާބެހޭ ރެކޯޑްތައް ބެލެހެއްޓުމާއި، އެކަމާ ގުޅޭ އެންމެހައި މަސައްކަތް ކުރުން.

7- އިދާރާގެ ކޮމްޕިއުޓަރުތަކާއި ނެޓްވޯކަށް ދިމަވާ މައްސަލަތައް ޙައްލުކުރުން.

8- މި އިދާރާއިން ބަލަހައްޓާ ރުއްގަހުން ލިބޭތަކެތި ގެއްލުންވިޔަނުދީ އިދާރާއިން އަންގާ ގޮތެއްގެ މަތިން ބެލެހެއްޓުން.

9- މި އިދާރާއިންދޭ ޚިދުމަތްތަކާ ގުޅޭގޮތުން ދޭންޖެހޭ ހުއްދަތައް ދިނުން.

10- އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހައްދައިދިނުމާއި، ގޯތިގޯތީގެ ކަންމުޑި، ވެރިއެއްގެ އިރުޝާދުގެދަށުން އަޅައިއިދިނުމާއި، ބިމުގެ އެންމެހައި މައްސަލަތައް ބެލެހެއްޓުން.

11- އުފަންވުން ރަޖިސްޓްރީކުރުމާއި، އުފަންދުވަހުގެ ރަޖިސްޓްރީ ހެދުމާއި، އުފަންވާ ކުދިންގެ ރަށްވެހިންގެ ރަޖިސްޓްރީ ހެދުމާއި، އައިޑީ ކާޑު ހެދުމަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމާއި، ރަށްވެހިންގެ ރަޖިސްޓަރީތައް ބެލެހެއްޓުމާއި، އާބާދީއާއި ރަށްވެހިންގެ ރެކޯޑް ބެލެހެއްޓުން.

12- ސެކްސަނަށް ލިބޭ ސިޓީ، މެސެޖް ފަދަ ތަކެއްޗަށް ޖަވާބުދިނުމާއި، ސެކްޝަނުން ފައިލްކުރަންޖެހޭ ތަކެތި ކަނޑައެޅިފައިވާ ފައިލިންގ ސިސްޓަމާ އެއްގޮތައް ފައިލްކޮށް، ސެކްޝަނުގެ އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުން.

13- އޮފީހަށް ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތްހޯދުމުގައި ސެކްޝަނުން ކުރަންޖެހޭ މަސައްކަތް ކުރުން.

14- ސެކްސަނުން މަހުން މަހަށް ހަދަންޖެހޭ ރިޕޯޓްތައް ހެދުމާއި، ކައުންސިލްގެ އަހަރީ ރިޕޯޓް ހެދުމުގައި އެހީތެރިވުން.

15- ބަޖެޓް ތައްޔާރުކުރުމުގައި ސެކްޝަނަށް ބޭނުންވާ ތަކެއްޗާއި ޚީދުމަތްތައް ދިނުމުގައި ހިނގާނެ ޚަރަދުތަކުގެ ތަފްސީލް ފައިނޭންސް ސެކްޝަނަށް ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން.

16- އާބާދީއާއި، ރަށްވެހިންގެ ރެކޯޑް ގަވައިދުން ބަލަހައްޓަމުން ދިޔުން.

17- ޕަބްލިކް ފެންތާނގީތައް ބެލެހެއްޓުން.

18 ރަށުގައި ރަޖިސްޓްރީކޮށްފައިވާ އިޤްތިޞާދީ މަސައްކަތްތައްކުރާ ތަންތަނާއި ބިންތަކުން ކައުންސިލަށް ބަރާބަރަށް ފީދައްކަމުންދޭތޯ ބެލުން.

19- ފަތުރުވެރިކަމުގެ މަސައްކަތާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

20- މީގެ އިތުރުން، ދާއިރާއާ ގުޅިގެން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުމާއި، ޤާނޫނާއި ޤަވާއިދާ ޚިލާފުނުވާ އަދި ވަޒިފާއާގުޅޭގޮތުން ކައުންސިލް އިދާރާއިން އަންގާ މަސައްކަތްތައް ކުރުން،

މަޤާމުގެ މަސްޢޫލިއްޔަތުތަކާ ވާޖިބުތައް

- ވަޒީފާގެ ޝަރުޠު (ކަނޑައެޅިފައިވާ އިންސައްތަ: % 11)

- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %38)

- މަސައްކަތު ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)

- ލިބިފައިވާ ހުނަރު (ކަނޑައެޅިފައިވާ އިންސައްތަ: %43)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް

އިންޓަވިއުއާއި ޕްރެކްޓިކަލްސް ހެއްދުން އޮންނާނީ، 2015 މެއި 25 އާއި 2015 ޖޫން 4 އާ ދެމެދުގެ ތާރީޚެއްގައި މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލުގެ އިދާރާގައެވެ. އިންޓަވިއުއާއި ޕްރެކްޓިކަލްސް ހެއްދުން  އޮންނާނެ ސީދާ ދުވަސް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް 24 ގަޑިއިރުގެ ކުރިން އެންގޭނެއެވެ.

އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި މުއްދަތު

2015 މެއި 20 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއަށެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު

- ވަޒީފާއަށް އެދި  ހުށަހަޅާ  ސިޓީއާއި،  ފުރިހަމަކޮށްފައިވާ  ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމް (އެޕްލިކޭޝަން ފޯމް، ރ. ވާދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް 

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި، އަދާކުރި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ( ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

 ހުށަހަޅަންޖެހޭ ލިޔުންތައް

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް  ގުޅާނީ 6580074 ނަންބަރު ފޯނާއެވެ. ފެކްސް ކުރާނީ 6580074 ނަންބަރަށެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

އިތުރު މަޢުލޫމާތު

7 ރަޖަބު 1436

26 އޭޕްރިލް 2015
ހޯދާ