މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރި ބިން ކުއްޔަށް ދޫކުރުން

މި އިޢުލާންވަނީ 14 މޭ 2024 14:56 ގައި ބާތިލް ކުރެވިފައެވެ.


ވިޔަފާރިކުރުމާއި، މުދާ ގުދަންކުރުމާއި ރައްޔަތުންގެ ޒަރޫރީ ކަންކަމަށް ބޭނުންހިފޭނޭ ގިނަ ތަކެތި ރަށުން ލިބޭނޭ މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިން ސޯމިލް ބިމުގެ ގޮތުގައި ދޫކުރެވިފައިވާ ބިން އެކުލެވޭ ސަރަޙައްދުން 7,801.52 އަކަފޫޓުގެ ބިމެއް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. ބިން ދޫކުރުމުގައި ޢަމަލުކުރެވޭނީ، މިކައުންސިލުން އެކުލަވާލާފައިވާ ވިޔަފާރި ބިން ކުއްޔަށް ދޫކުރުމުގެ އުޞޫލަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 މޭ 2024 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ކައުންސިލަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ، ބިޑު ހުށަހަޅާނީ ސިޓީ އުރައިގެ ބޭރުގައި " ވިޔަފާރި ބިން ކުއްޔަށް ހިފުމަށް އެދި" ލިޔެ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގަ އެވެ. އިޢުލާނާއި އެކު ބީލަން ފޯމާއި، ބިން ކުއްޔަށް ދޫކުރުމުގެ އުޞޫލު ޢާއްމުކުރީމެވެ.

02 މޭ 2024
ހޯދާ