ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދުމަށްޓަކައި 13 އެޕްރީލް 2015 ގައި ކުރި IUL)225-AHRI/225/2015/12) ނަންބަރު އިއުލާނުގެ މުއްދަތު ހަމަވިއިރު، ޝަރުޠު ފުރިހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ ދެވަނަ ފަހަރަށް މި މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.

މަޤާމު:          ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:          އެމް. އެސް. 1

ކްލެސިފިކޭޝަން:    ސީނިއަރ އޮފިސަރ ގްރޭޑް 1

މަޤާމުގެ ނަންބަރު:    223174

އޮފީސް/ އިދާރާ:     ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން:       އެޓޯލް ޑިވެލޮޕްމަންޓް ސަރވިސަސް

ވަޒީފާ އަދާކުރަންޖެހޭ ތަން:  ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

މުސާރަ:           5610.00 ރުފިޔާ

ސަރވިސް އެލަވަންސް: 2000.00 ރުފިޔާ

ބޭނުންވާ އަދަދު:    1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:    

އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

އެޑްމިނިސްޓްރޭޝަން/މެނޭޖުމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

އެޑްމިނިސްޓްރޭޝަން/މެނޭޖުމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

1- އަތޮޅުގެއާއި އަތޮޅު ކައުންސިލް އިދާރާގެ ގޯތިތެރެ ކަމާގުޅޭ މުވައްޒަފުންލައްވާ ސާފުތާހިރުކުރުވުމާއި، އިސްލާޙު ކުރަންޖެހޭ ކަންތައްތައް އިސްލާޙުކުރުން.

2- އަތޮޅުގެއާއި އަތޮޅު ކައުންސިލް އިދާރާގެ މަރާމާތު ކުރަންޖެހޭ ކަންތައްތައް ހުރިނަމަ، އެކަމެއް ފާހަގަކޮށް، އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް އިންފްރާސްޓްރަކްޗަރ ސެކްޝަނުގެ އިސް މުވައްޒަފަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުން.

3- އަތޮޅު ކައުންސިލްގެ ލޯންޗާއި ވޭން، ކަމާގުޅޭ މުވައްޒަފުން ލައްވާ ސާފުތާހިރުކުރުވުމާއި، އިސްލާޙުކުރަންޖެހޭ ކަންތައްތައް ހުރިނަމަ، އެކަމެއް ފާހަގަކޮށް، އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް އިންފްރާސްޓްރަކްޗަރ ސެކްޝަނުގެ އިސް މުވައްޒަފަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުން.

4- އަތޮޅު ކައުންސިލްގެ ލޯންޗާއި ވޭނުގައި މަރާމާތު ކުރަންޖެހޭ ކަންތައްތައް ހުރިނަމަ، އެކަމެއް ފާހަގަކޮށް، އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް އިންފްރާސްޓްރަކްޗަރ ސެކްޝަނުގެ އިސް މުވައްޒަފަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުން.

5- އަތޮޅުގެއާއި އަތޮޅު ކައުންސިލްގެ އިންވެންޓްރީގެ ކަންތައްތައް ބެލެހެއްޓުން.

6- ސެކްޝަނުން ލިޔަންޖެހޭ ސިޓީ/ މެސެޖު ލިޔުން.

7- ދިއްދޫ ޒުވާނުންގެ މަރުކަޒުގެ މަސައްކަތްތައް ބެލެހެއްޓުން.

8- ލޯންޗު ދަތުރުތައް ހަމަޖެއްސުން.

9- ހއ. އަތޮޅު ފާމަސީއާ ގުޅޭ މަސައްކަތްތައް.

10- ކުނި މެނޭޖުކުރުމާ ގުޅޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

11- ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ އުފުލޭ މުދަލާއި، ނުއުފުލޭ މުދާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެދަށުން ހެދޭ ޤަވާޢިދުގައިވާގޮތުގެމަތިން އެހެން ފަރާތްފަރާތަށް ކުއްޔަށް ދިނުމާއި، ދޫކުރުމަށް ކައުންސިލުން ނިންމުމުން ދިނުމާއި ދޫކުރުން.

12- ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާގޮތުގެމަތިން އިދާރީ ދާއިރާގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އެހެނިހެން ސިނާޢަތުތައް ކުރިއެރުވުމަށް ކައުންސިލުން ނިންމަވާފައިވާ ގޮތުގެމަތިން އެހީތެރިވެދީ މަސައްކަތް ކުރުން.

13- އިދާރީ ދާއިރާގެ ފެންވަރުގައި ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އަތޮޅު ކައުންސިލުން ނިންމުމުން އެކިފަރާތްތަކާއެކު އެގްރީމެންޓްކޮށް ވިޔަފާރީގެ މުޢާމަލާތްކުރުން.

14- އަތޮޅު ކައުންސިލް އިދާރާއާއި، އަތޮޅުގެއާއި، އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ އިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުން.

15- އަތޮޅު ކައުންސިލުގެ ސެކިއުރިޓީ ބެލެހެއްޓުމާ ގުޅޭ މަސައްކަތްކުރުން.

16- ސަރުކާރުން ވަޑައިގަންނަވާ އެކިއެކި ޓީމްތަކާ ގުޅޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން

17- މީގެ އިތުރުންވެސް، އޮފީހުގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލް 2013 ގައި ޢަމަލުކުރަން ފައްޓަވާފައިވާ" ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން

އިންޓަވިއު އޮންނާނެ ތަނާއި ތާރީޚް:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި  ލިޔުމުން ފަހުން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކުރެވިފައިވާ  ލިޔުންތަކާއެކު،  2015 މޭ 5 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަހުގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވޭނެއެވެ.

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުންކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ (ސެޓްފިކެޓްތަކުގެ އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

4. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވޯކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގުރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުން (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ) (އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.)

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް (އައިޑީ ކާޑުގެ އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

7- ވަނަވަރު

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6500002 ނަންބަރު ފޯނަށް ނުވަތަ  6500068 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 6500063 އެވެ. އީމެއިލް ކުރާނީ  [email protected]  އެޑްރެހަށެވެ.

7 ރަޖަބު 1436

26 އޭޕްރިލް 2015
ހޯދާ