ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށްވެހިގެ އިމާރާތްހުރި ގޯތި ސާފުކޮށް ބެލެހެއްޓުން

 

 

އިޢުލާން

ނަންބަރ:

(IUL)421/ESMSED/421/2024/20

ތާރީޚް

‏ 23 ޝައްވާލުް 1445

 02 މެއި 2024

 

ރަށްވެހިގެ ( ކުރީގެ ޕޮލިސް ސްޓޭޝަން ހުރި ގޯތި ) ސާފުކުރުން

 

           މިރަށު ރަށްވެހިގެ ( ކުރީގެ ޕޮލިސް ސްޓޭޝަން ހިންގި ޢިމާރާތާއި ގޯތި ) ސާފުކޮށް ބަލަހައްޓާ ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

            ވީމާ، ރަށްވެހިގެ ހުރި ގޯތި ސާފުކޮށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 12 މެއި 2024 ވާ އާދީއްތަަަ ދުވަހުގެ 14:00 ގެ ކުރިން އައިޑީކާޑުގެ ކޮޕީއަކާއެކު މިއިދާރާއަށް ސިޓީ ފޮނުވުން އެދެމެވެ.

           ރަށްވެހިގެ ގޯތި ސާފުކޮށް ބެލެހެއްޓުން ހަވާލުކުރުމުގައި ތިރީގައިމިދަންނަވާ ކަންކަމަށް ބެލިގެންދާނެ ކަމުގައި ދަންނަވަމެވެ.

  1. ހުސްވާ ބިން ތަކާއި އަލަށް އިތުރުކުރާ ބިންތައް ހަވާލުކުރުމުގައި އަލަށް ކުރިމަތިލާ ފަރާތްތަކަށް އިސްކަން ދިނުން.
  2. މިހާރު އިޖުތިމާޢީ ބިންތައް ބަލަހައްޓާ ފަރާތެއް ކުރިމަތި ލައިފިނަމަ އެމީހާ ބަލަހައްޓަމުންގެންދާ ބިން/ބިންތައް ސާފުކޮށް ބެލެހެއްޓުމުގައި ފާއިތުވި ތަނުގައި ކަންހިގާފައިވާގޮތަށް ބެލުން

އަގު

         ރަށްވެހިގެ އިމާރާތް ސާފުކޮށް ބެލެހެއްޓުމުގެ އަގަކީ މަހަކަށް 1500.00 ( ފަނަރަ ސަތޭކަ ) ރުފިޔާ އެވެ.

           ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

 

                                                         ހާޝިރު މުޙައްމަދު  

                                                      ކައުންސިލްގެ ނާއިބް ރައީސް

02 މޭ 2024
ހޯދާ