މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ހިންގުމާ ގުޅޭ

ރާއްޖޭގެ މަތީ ތަޢުލީމުދޭ ބައެއް މަރުކަޒުތަކުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި އެ ޕްރޮގްރާމްތައް ހިންގަމުން އަންނަ ގޮތާ ގުޅޭ ގޮތުން މި އޮތޯރިޓީއަށް އަންނަނީ އެކިއެކި ޝަކުވާތައް ލިބެމުންނެވެ. އެގޮތުން،

  1. ޕްރޮގްރާމް އެކްރެޑިޓޭޝަން ދެވިފައިވާ ގޮތާ ޙިލާފަށް ޕްރޮގްރާމްތަކުގެ މޮޑިއުލްތަކުގެ ގަޑި ހަމަނުކޮށް ނިންމަމުން ގެންދާކަން.
  2. އެއް ސެމިސްޓަރ ނިމި އަނެއް ސެމިސްޓަރ ފަށާއިރު، ކިޔަވައިދެއްވާ ލެކްޗަރަރއިންނަށް މުސާރަ ނުދިނުމުގެ ސަބަބުން ދަރިވަރުންނަށް މާރކްސްތައް ނުލިބުމާއި ޕްރޮގްރާމްގެ މުއްދަތު ދިގުވާކަން. އަދި މިކަމުގެ ސަބަބުން، ދަރިވަރުން ގެ ކޯސް ފީ އިތުރުވެގެންދާކަން.
  3. ލޯކަލް ޕްރޮގްރާމްގެ ގޮތުގައި ހުއްދަ ނަގާފައިވާ ޕްރޮގްރާމްތައް އިންޓަރނޭޝަނަލް ޕްރޮގްރާމްގެ ގޮތުގައި ކަމަށް ބުނެ މަޢުލޫމާތު ދެމުން އަންނަކަން.
  4. މި އޮތޯރިޓީގެ ޤަވާއިދުތަކާއި އުޞޫލުތަކަށް ފުށުއަރާގޮތަށް ދަރިވަރުންނަށް މަޢުލުމާތު ދިނުން.
  5. "ޔުނިވަރސިޓީ ޕްރިޕެރޭޝަން ޕްރޮގްރާމް" އާއި "ޕްރި މާސްޓަރ ޕްރޮގްރާމް" ވަކި ޕްރޮގްރާމެއްގެ ގޮތުގައި އިޝްތިޙާރުކޮށްގެން ހިންގަމުން އަންނަކަން.

އެމް.ކިއު.އޭ އިން ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް، ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިނާ އެއްގޮތަށް ހިންގަމުން އަންނަކަން ކަށަވަރު ކުރުމަށްޓަކައި ޕްރޮގްރާމް އޮޑިޓް ޤަވާއިދުގެ ދަށުން "ރެންޑަމް ބެޗް އޮޑިޓް" ކުރިއަށް ގެންދެވޭނެއެވެ. އަދި މިކަން ތަކުރާރުވާނަމަ އެ މަރުކަޒަކާމެދު ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ. ވީމާ، މަތީގައި ބަޔާންކޮށްފައިވާ ފަދަ ކަންކަން ތަކުރާރު ނުވާނޭ ގޮތަކަށް މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ކަންކަން ރާވައި ކުރިއަށް ގެންދިއުން އެދެމެވެ.

މިފަދަ ޝަކުވާތައް، މި އޮތޯރިޓީގެ [email protected] އިތުރުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓަށް ވެސް އެ މިނިސްޓްރީގެ ފޯރމް "މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަޅާ ޝަކުވާ ބެލުމަށް އެދޭ ފޯމް" މެދުވެރިކޮށް މިނިސްޓްރީ ގެ [email protected] އަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ވާހަކަ ޢާންމު މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  މިނިސްޓްރީގެ ފޯރމުގެ ލިންކް ތިރީގައި އެވަނީއެވެ.

https://shorturl.at/pxCHZ

 

 

02 މޭ 2024
ހޯދާ