ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ބާ އިމްތިޙާނުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލުން

2024 ވަނަ އަހަރުގެ ބާ އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބާ އިމްތިޙާނަށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ބާ އިމްތިޙާނުގައި ބައިވެރިވުމުގެ ޝަރުޠު(ތައް):

1.    ދިވެހި ރައްޔިތެއްކަމުގައި ވުން؛

2.    ބާ ކައުންސިލުން ކަނޑައަޅައިފައިވާ ޝަރުޠުތައް ފުރިހަމަވާ، އަދި ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި، ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކު ކަމުގައިވުން (ޤާނޫނީ ރޮނގުން ފުރިހަމަ ކޮށްފައިވާ ޑިގްރީއަކީ އެ ޑިގްރީއެއް ޙާޞިލުކުރި ޤައުމެއްގައި ނުވަތަ ޖުރިސްޑިކްޝަނެއްގައި، ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމަށް ބަލައިގަންނަ ޤާނޫނީ ދާއިރާގެ ޑިގްރީއަކަށް ވާންވާނެއެވެ.)

3.    އިމްތިޙާނުގެ ރަޖިސްޓްރޭޝަނަށް ބޭނުންވާ އެންމެހާ ކަންކަން ފުރިހަމަކޮށްފައިވުން؛ އަދި

4.    ބާ އިމްތިޙާނުގެ ފީ ދެއްކުން.

 

އިމްތިޙާނުގެ ތާރީޚު:

އިމްތިޙާނު އޮންނަ ތާރީޚު: 12 އޮކްޓޯބަރ 2024

(އިމްތިޙާނުގެ ތާރީޚަށް އެއްވެސް ބަދަލެއް އަންނަކަމަށް ވާނަމަ، އެކަށީގެންވާ މުއްދަތުގެ ތެރޭގައި ހިއްސާކުރެވޭނެއެވެ).

އިމްތިޙާނުގެ ތާރީޚާއި ސެޝަންތަކާބެހޭ ތަފްޞީލީ މަޢުލޫމާތު ބައިވެރިންނާ ޙިއްސާކުރެވޭނީ އިމްތިޙާނު ޓައިމްޓޭބަލް/ ޝެޑިޔުލްއާއެކުއެވެ.

އިމްތިޙާނު އޮންނަ ތަން:

މާލެ (ކެންޑިޑޭޓުންގެ ރެޖިސްޓްރޭޝަނަށް ބަލައި އިތުރު މަރުކަޒުތައް ފަހުން އިޢުލާނުކުރެވޭނެ)

2024 ވަނަ އަހަރުގެ ބާ އިމްތިޙާނުގެ ސިލަބަސް:

ބާ އިމްތިޙާނުގެ ސިލަބަސް ތިރީގައިވާ ލިންކު މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

BE2024_Syllabus.pdf (maldivesbarcouncil.org)

އިމްތިޙާނުގެ ފީ:

- އިމްތިޙާނުގެ ފީ އަކީ 6,500 (ހަ ހާސް ފަސް ސަތޭކަ ރުފިޔާ) އެވެ.

- ފީ ދެއްކުމުގެ އެންމެ ފަހުގެ ތާރީޚަކީ 1 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.

- ރެޖިސްޓްރޭޝަން ފީ އަކީ ނޮން-ރީފަންޑަބަލް ފީ އެކެވެ. މަޤުބޫލު ސަބަބެއް މެދުވެރިވެގެން ރެޖިސްޓަރކޮށްފައިވާ ކެނޑިޑޭޓަކު އިމްތިޙާނުގައި ބައިވެރިވުމަށް ޢުޒުރުވެރިވާނަމަ، އެ މައްސަލައެއްގައި ދެން ގޮތެއް ނިންމާނީ އަދި ދައްކާފައިވާ ފީއެއް އަނބުރާ ދޫކުރުމަށް ނިންމާނީ އެސެސްމަންޓް ބޯޑުންނެވެ. މި ބޯޑުގެ މަސައްކަތް ހިނގާނީ 2024 ގެ އިމްތިޙާނު ނިމުމުން ނޮވެމްބަރު-ޑިސެމްބަރު 2024 ގައެވެ.

ބާ އިމްތިޙާނުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުން:

 

ބާ އިމްތިޙާނުގައި ރަޖިސްޓަރީވުމަށް ލިންކު މެދުވެރިކޮށް ހުށަހަޅުއްވާ!

 

ރެޖިސްޓްރޭޝަން ލިންކް: https://forms.gle/XtiBJvjTRiCD4Uns9

 

އިމްތިޙާނުގެ ރަޖިސްޓްރޭޝަނަށް ބޭނުންވާ ލިޔެކިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް އެއްގަނޑަކަށް އަރާގޮތަށް ނަގާފައިވާ ސްކޭން ކޮޕީ
  2. ޕާސްޕޯޓު ސައިޒުގެ ފޮޓޯ
  3. ޤާނޫނީ ރޮނގުން ފުރިހަމަ ކޮށްފައިވާ ފުރަތަމަ ޑިގްރީގެ އެކްރެޑިޓެޑް ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކޮށްފައިވާކަން އެނގޭގޮތަށް އެ ކޯހެއް ފުރިހަމަކުރި މަރުކަޒަކުން ދޫކޮށްފައިވާ ސްޓޭމްޕް ޖެހި ލިޔުން (ޤާނޫނީ ރޮނގުން ފުރިހަމަ ކޮށްފައިވާ ޑިގްރީއަކީ އެ ޑިގްރީއެއް ޙާޞިލުކުރި ޤައުމެއްގައި ނުވަތަ ޖުރިސްޑިކްޝަނެއްގައި، ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމަށް ބަލައިގަންނަ ޤާނޫނީ ދާއިރާގެ ޑިގްރީއަކަށް ވާންވާނެއެވެ).
  4. ޑިގްރީ ކޯހުގެ ޓްރާންސްކްރިޕްޓް (ޑައުންލޯޑް ކުރާ ޓްރާންސްކްރިޕްޓެއްނަމަ މަރުކަޒުގެ ސްޓޭމްޕް އޮންނަންވާނެއެވެ).

 

އިމްތިޙާނަށް ރެޖިސްޓަރވުމުގެ އެންމެ ފަހު ތާރީޚަކީ 30 ޖޫން 2024 އެވެ.

 

އިތުރު މަޢުލޫމާތު:

ބާ އިމްތިޙާނުގެ ރެޖިސްޓްރޭޝަން ޕްރޮސެސް ކުރިއަށްދާ ގޮތް

1.     ބާ އިމްތިޙާނުގައި ބައިވެރިވާން އެދޭ ފަރާތުން އެޕްލިކޭޝަން ފޯމު މެދުވެރިކޮށް ބާ އިމްތިޙާނުގައި ބައިވެރިވުމަށް އެދި ހުށަހަޅަންވާނެއެވެ.

2.     ބާ ކައުންސިލަށް ލިބޭ ފޯމުތައް ޕްރޮސެސްކުރުމަށްފަހު، ޕްރޮސެސްކުރެވޭ ތަރުތީބުން، ފޯމު ހުށަހެޅި ފަރާތްތަކުން ދެން ކުރިއަށްދާންވީގޮތުގެ އިރުޝާދު ބާ ކައުންސިލުން ފޯރުކޮށްދޭނެއެވެ. ބާ އިމްތިޙާނުގައި ބައިވެރިވުމަށް އެދޭއިރު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅާފައިވާނަމަ ޕްރޮސެސްކުރުން އަވަސްވެގެންދާނެއެވެ.

3.     މަޢުލޫމާތުތައް ފުރިހަމަ ފަރާތްތަކަށް ބާ އިމްތިޙާނުގެ ފީ ދެއްކުމުގެ އިރުޝާދު އީ-މެއިލް މެދުވެރިކޮށް ބާ ކައުންސިލުން ފޮނުވާނެއެވެ. ފީ ދެއްކުމަށް 2024 ގައި ލިބޭނެ އެންމެ ފަހުގެ ފުރުސަތަކީ 1 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ. ފީ ދައްކަންޖެހޭނީ ފީ ދެއްކުމުގެ އިރުޝާދު ކެންޑިޑޭޓަށް އީ-މެއިލުން ލިބުމުންނެވެ.

4.     މަޢުލޫމާތުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ވަކި މުއްދަތެއްގެ ތެރޭގައި އެކަންކަން ފުރިހަމަކުރުމަށް އީ-މެއިލް މެދުވެރިކޮށް އެންގޭނެއެވެ. އިސްލާޙުކުރަން އެންގޭ ކަންކަން ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ރަނގަޅު ނުކުރާނަމަ، އެ ފަރާތެއްގެ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

5.     ބާ އިމްތިޙާނުގެ ފީ އެއްކޮށް ދެއްކުމުން، ބާ އިމްތިޙާނުގެ ރެޖިސްޓްރޭޝަން ފުރިހަމަވީއެވެ. އަދި، މި ފީ ދެއްކުމުން، އިމްތިޙާނުގައި ރެޖިސްޓަރީކުރެވިފައިވާ ކަމުގެ ކޮންފަރމޭޝަން މެސެޖެއް، އީ-މެއިލް މެދުވެރިކޮށް ބާ ކައުންސިލުން ފޮނުވާނެއެވެ.

6.     ރެޖިސްޓްރޭޝަން ސުންގަޑި ހަމަވުމަށްފަހު ހުށަހެޅޭ ފޯމުތައް އަދި ފީ ދެއްކުމުގެ ސުންގަޑިއަށްފަހު ލިބޭ ޕޭމަންޓްތައް ބާ ކައުންސިލުން ބަލައި ނުގަންނާނެއެވެ.

7.     ބާ އިމްތިޙާނުގައި ރަޖިސްޓަރީވީކަމަށް ބަލާނީ ކެންޑިޑޭޓު ނަންބަރު އިމްތިޙާނުގައި ބައިވެރިވާ ފަރާތަށް ލިބުމުންނެވެ.

ބާ އިމްތިޙާނާ ގުޅޭ އެންމެހާ މަޢުލޫމާތުތައް ބާ ކައުންސިލުގެ ބާ އެގްޒޭމް ޕޭޖުގައި އަޕްޑޭޓްކުރެވެމުންދާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް، [email protected] އަށް އީ-މެއިލް ކުރައްވާ، ނުވަތަ 3333990 މެދުވެރިކޮށް ބާ ކައުންސިލްއާ ގުޅުއްވާލަދެއްވާށެވެ.

02 މޭ 2024
ހޯދާ