ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

  • މަޤާމް:

ކޮމްޕިއުޓަރ ޓެކްނީޝަން

ރޭންކް:

އެމް އެސް 1

  • އަދަދު:

1 ( އެކެއް )

  • މަސައްކަތްކުރަންޖެހޭ ތަން:

ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓްކޯޓް

  • އަސާސީ މުސާރަ:

5610.00 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

  • އިތުރުގަޑިއާއި އެހެނިހެން އެލަވަންސް:
  • ސަރވިސް އެލަވަންސް: 2000.00 ރުފިޔާ (ދެހާސް ރުފިޔާ )
  • ލިވިންގ އެލަވަންސް 2550.00 (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20 
  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
 
  • އަސާސީ ޝަރުޠު:
  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2.  މަސައްކަތުގެ  ފެންވަރު  ބެލުމުގެ  ނިޒާމުން  ވަޒީފާގެ  ކުރިއެރުން  ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، GS4 ގެ ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.
  • މަޤާމުގެ މަސްއޫލިއްޔަތު:
  • މި އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ކޮމްޕިއުޓަރުތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަންކުރުން.
  • މި އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނެޓްވޯކް މަރާމާތުކޮށް ބެލެހެއްޓުމާބެހޭ އެންމެހައި ކަންކަން ކުރުން.
  • ކޯޓުތަކުގެ މެޝިނަރީތަކަށް ދިމާވާ މައްސަލަތައް ބަލައި، އެތަކެތި މަރާމާތުކުރުމާބެހޭ މަސައްކަތްކުރުން.
  • ކޯޓުތަކުން ކުރާ މަސައްކަތްތަކާ ގުޅިގެން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  • މީގެ އިތުރުން، އެވަގުތަކު ދާއިރާ ހިންގަވަން ހުންނެވި ވެރިއަކު އަންގަވާ ރަސްމީ މަސައްކަތްކުރުން.
  • ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:
  • ލިބިފައިވާ ތައުލީމާއި، ތަޖުރިބާ
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތު ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް

އިންޓަވިއުއާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ކޯޓުގައި ނުވަތަ މި ކޯޓުން ހަމަޖައްސާ ތަނެއްގައެވެ. އިންޓަވިއު އޮންނަ ދުވަހާއި އިންޓަރވިއު އޮންނަ ތަން، އިންޓަވިއުއަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް އެންގޭނެއެވެ.

  • މަޤާމަށް އެދެންވީ ގޮތް:
  • މި ވަޒީފާ އަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅާނީ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމެވެ. މި ފޯމް، މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓުން (www.judiciary.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  • ހުށަހަޅަންޖެހޭ ތަކެތި:
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ)
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.
  • ވަނަވަރު (ސީ.ވީ)
  • ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ސުންގަޑި:

2015 މެއި 14 ވާ ބުރާސްފަތި ދުވަހުގެ 14:00

 8 ރަޖަބު 1436
27 އޭޕްރިލް 2015
ހޯދާ