މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒުވާނުންގެ ކޮމެޓީ އެކުލަވާލުމާއި ގުޅޭ

  ޒުވާނުން ބާރުވެރިކުރުމަށާއި އެކި ދާއިރާތަކުން ޒުވާނުންނާއި ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށާއި ޒުވާނުން ތަމްސީލުކުރުމުގެ މަޤްޞަދުގައި "އިނގުރައިދޫ ޒުވާނުންގެ ކޮމިޓީ" އެއް އުފެއްދެވުމަށް ކައުންސިލުން ބޭނުންވެއެވެ. ރަށުގެ ތަރައްޤީއާއި އަދި މުޖުތަމަޢަށް ތަފާތު ހެޔޮ ބަދަލުތައް ގެނައުމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނެ ބަޔަކީ ޒުވާނުންކަމަށްވުމުން، މިކަންކަމުގައި ޒުވާނުންގެ ޚިއްސާ ބޮޑުކުރުމަކީ މިކައުންސިލުގެ އަމާޒެކެވެ.

  މި ކޮމެޓީ އެކުލަވާލެވިގެންދާނީ ވަޑާމާއި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ތަޢުލީމާއި، ކުޅިވަރާއި، އަދި އެހެނިހެން ސިނާޢަތްތަކުގައި މަސައްކަތް ކުރައްވާ ޒުވާނުން ހިމެނޭހެން 7 މެންބަރުންގެ މައްޗަށެވެ. މިކޮމެޓީއަށް ކުރިމަތިލުމުގެ ފުރުޞަތު 10 މޭ 2024 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

ކޮމެޓީގެ މެންބަރަކަށް ވުމުގެ ޝަރުތުތަށް:

  • އިނގުރައިދޫ ރައްވެއްސަކަށްވުން.
  • 18 އަހަރާއި 40 އަހަރާއި ދެމެދު އުމުރުފުރާގެ މީހަކަށްވުން.
  • ބަންދެއް ނުވަތަ ޖިނާއީ ދައުވާއެއްގައި ހުރި މީހެއްކަމުގައި ނުވުން.

ވީމާ، މިކަމަށް ޝައުގުވެރިވާ ޒުވާނުން ފުރިހަމަ ނާމާއި، އައިޑީކާޑް ނަންބަރާއި، ގުޅޭނެ ނަންބަރާއި އަދި ޚާއްސަވާ ދާއިރާ ޖެއްސެވުމަށް ފަހު މިއިދާރައިގެ އީމެއިލް  [email protected]އަށް ނުވަތަ ހޮޓްލައިން ނަންބަރ 7960026 އަށް މެސެޖުކޮށްދެއްވުން އެދެމެވެ.

 

29 އޭޕްރިލް 2024
ހޯދާ