އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބޯޓް ކްރޫ

މަޤާމް: ބޯޓް ކްރޫ
ބޭނުންވާ ޢަދަދު: 04
މަސައްކަތް ކުރަންޖެހޭ ތަން: އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ކަނޑު އުޅަނދުފަހަރު
ވަޒީފާގެ މުއްދަތު:  1 އަހަރު (1 އަހަރު ފަހުން މަސައްކަތުގެ އަޙްލާޤާއި ފެންވަރު ބެލުމަށްފަހު ދާއިމީ ކުރެވޭނެ).
މުސާރަ: 12،000 އާއި 15،000 ދެމެދުގެ ޢަދަދެއް ލިބޭނެ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
  • ހަވާލު ކުރެވިފައިވާ މަސައްކަތްތައް އިޙްލާސްތެރިކަމާއިއެކު ކުރުން.
  • އުޅަނދުގެ ކޮންޑިޝަން ރަނގަޅަށް ބެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތައް ކެޕްޓަނުގެ އިރުޝާދުގެ ދަށުން ކުރުމާއި މަރާމާތުތަކާއި ޑެއިލީ ކުރަންޖެހޭ މަސައްކަތް ދުވަހުން ދުވަހަށް ކުރުން.
  • އުޅަނދުގައި ކުރާ ދަތުރުތަކަކީ އަމާން ރައްކާތެރި ދަތުރަކަށްހެދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ދަތުރަށް ފުރީއްސުރެ ދަތުރު ނިމުމާއި ހަމަޔަށް އުޅަނދުން ދަތުރުކުރާ ޕަސެންޖަރުންނާއި މުދަލުގެ އެންމެހޭ ކަންކަން ބެލެހެއްޓުން.
  • މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިޝަން އާއި ދައުލަތުގެ މުވައްސަސާތަކާއި ބައިނަލް އަޤްވާމީ ގޮތުން ހެދިފައިވާ ޤަވާއިދުތަކާއި މުއާހަދާތަކަށް ފުރިހަމަޔަށް އިޙްތިރާމްކުރުން.
  • ބަނދަރުތަކުގައި އަޅާފައިވާ ވަގުތު ތަކުގައާއި އުޅަނދު އޮޕަރޭޓް ކުރަމުންދާ ވަގުތު އުޅަދުގެ އެންމެހާ ކަންކަން ބެލެހެއްޓުން.
  • އުޅަނދަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެން އަދި ތެޔޮ ބަންކަރ ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތައް ކެޕްޓަނުގެ އިރުޝާދުގެ ދަށުންކުރުން.
  • އުޅަނދުން އުފުލާ މުދަލާއި ޕަސެންޖަރުންގެ މައުލޫމާތު ލޮގްކޮށް ބެލެހެއްޓުމުގައި ކެޕްޓަނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • އުޅަނދުގައި އުފެދޭ ކުނި، ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެމަތީން ނައްތާލުމާއި އުޅަނދުގެ ސާފްތާހިރުކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.
  • އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ލަނޑުދަނޑި ހާސިލްކުރުމަށް މަސައްކަތްކުރުމާއި ކުންފުނީގައި ހެދިފައިވާ ޤަވައިދުތަކަށް ކިޔަމަންވުން.
ޝަރުތު (ތަޢުލީމު، ތަމްރީނު އަދި ތަޖްރިބާ):
  • ފަޅުވެރިކަމުގެ ސަނަދު އޮތުމާއެކު ކަނޑުމަތީގައި އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ވަޒީފާ ދިނުމަށްފަހު އުޅަނދު އޮޕަރޭޓް ކުރަން ފެށުމުގެ ކުރިން ފަޅުވެރިކަމުގެ ލައިސަންސް ހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
  • ދިވެހި ބަހުންނާއި އިގިރޭސިބަހުން ލިޔެކިޔަން އެނގުން.
  • ބޭސިކް ފަސްޓް އެއިޑް ކޯހެއް ފުރިހަމަކޮށްފައިވުން.
  • ބޭސިކް ފަޔާރ ފައިޓިންގ ކޯހެއް ފުރިހަމަކޮށްފައިވުން.
  • ޖިނާއީ އެއްވެސް މައްސަލައެއް ބަލަމުންދާ މީހެއް ކަމުގައި ނުވުމާއިއެކު ފާއިތުވީ 5 އަހަރު ދުވަހުގެ އެއްވެސް ކުށުގެ ރެކޯޑެއްނެތުން.
ހުނަރު: (މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ ހުނަރު)
  • ފަޅުވެރިކަމުގެ ޤާބިލްކަން ހުރުން.
  • ކަނޑުމަތީގައި ގިނަވަގުތު އުޅުމުގެ ޤާބިލްކަން ހުރުމާއިއެކު ރަގަޅަށް ފަތަންއެނގޭ މީހެއްކަމުގައިވުން.
  • ސިއްހީގޮތުން ދުޅަހެޔޮ މީހެއް ކަމުގައިވުން.
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:
  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ އައި.ޑީ.ކާޑް ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި)
  • ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެފަރާތުގެ ލިޔުން.

މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 މެއި 2024 ވާ ބުދަ ދުވަހުގެ 16:00ގެ ކުރިން  [email protected]  ސިޓީ ފޮނުއްވުން އެދެމެވެ.

30 އޭޕްރިލް 2024
ހޯދާ