އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބޯޓް ކެޕްޓަން

މަޤާމް: ބޯޓް ކެޕްޓަން
ބޭނުންވާ ޢަދަދު: 01
މަސައްކަތް ކުރަންޖެހޭ ތަން: އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ކަނޑު އުޅަނދުފަހަރު
ވަޒީފާގެ މުއްދަތު: 1 އަހަރު (1 އަހަރު ފަހުން މަސައްކަތުގެ އަޙްލާޤާއި ފެންވަރު ބެލުމަށްފަހު ދާއިމީ ކުރެވޭނެ).
މުސާރަ: 20،000 އާއި 25،000 ދެމެދުގެ ޢަދަދެއް ލިބޭނެ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
  • ހަވާލު ކުރެވިފައިވާ އުޅަނދުގެ އެންމެހާ ކަންކަން ބެލެހެއްޓުން
  • އުޅަނދުގެ ކޮންޑިޝަން ދެމެހެއްޓުމަށްޓަކާ ކުރަންޖެހޭ މަރާމާތުތަކާއި ޑެއިލީ ކުރަންޖެހޭ މަސައްކަތް ދެނެގަނެ، ދަށުގައިތިބޭ މުވައްޒަފުންނަށް ބުނެދީ ދުވަހުން ދުވަހަށް ކުރުން.
  • އުޅަނދުގައި ކުރާ ދަތުރު ތަކަކީ އަމާން ރައްކާތެރި ދަތުރަކަށްހެދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ދަތުރަށް ފުރީއްސުރެ ދަތުރު ނިމުމާއު ހަމައަށް އުޅަނދުން ދަތުރުކުރާ ޕަސެންޖަރުންނާއި މުދަލުގެ އެންމެހާ ކަންކަން ބެލެހެއްޓުން.
  • މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން އާއި ދައުލަތުގެ މުވައްސަސާތަކާއި ބައިނަލް އަޤްވާމީ ގޮތުން ހެދިފައިވާ ޤަވާއިދުތަކާއި މުއާހަދާތަކާ އެއްގޮތައް މަސައްކަތްކުރުން.
  • ހިމާޔަތްކޮށްފައިވާ ތަންތަނާއި ވަނުންމަނާ ތަންތަނަށް ވަނުމުގައި ނަގަންޖެހޭ ހުއްދަ ހޯދައިގެން މެނުވީ ނުވަނުން.
  • ބަނދަރުތަކުގައި އަޅާފައިވާ ވަގުތު ތަކުގައާއި އުޅަނދު އޮޕަރޭޓް ކުރަމުންދާ ވަގުތު އުޅަދުގެ އެންމެހާ ކަންކަން ބެލެހެއްޓުމާއި ދަށުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތް ޓާސްކް ކުރުމާއި ދަށުގައިވާ މުވައްޒަފުން މަސައްކަތްކުރަމުންދާގޮތް ބަލާ މޮނީޓަރކުރުން.
  • އުޅަނދަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެން އަދި ތެޔޮ ބަންކަރ ކުރުމަށް ބޭނުންވާ އިންތިޒާމްތައް ބެލެހެއްޓުން އަދި ތެޔޮ އެޅުމާއި މުވައްޒަފުންނާއި ޕަސެންޖަރުންގެ ކަންކަން ހަމަޖެއްސުމަށް ގުޅަންޖެހޭ ފަރާތްތަކާއި ގުޅާ އިންތިޒާމްތައް ހަމަޖެއްސުން.
  • އުޅަނދުން އުފުލާ މުދަލާއި ޕަސެންޖަރުންގެ މައުލޫމާތު ލޮގްކޮށް ބެލެހެއްޓުން.
  • އުޅަނދަށް އަރުވާ ކާބޯތަކެއްޗާއި ބޯފެނާއި ތެލުގެ ރެކޯޑްސް ބެލެހެއްޓުން.
  • އުޅަނދުގެ ސާފްތާހިރުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި މުވައްޒަފުން މަސައްކަތްކުރާގޮތް ދެނެގަނެ ގައިޑް ކޮށްދިނުން.
  • އުޅަނދުގައި އުފެދޭ ކުނި ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެމަތީން ނައްތާލުމާއި އުޅަނދުގެ ސާފްތާހިރުކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.
  • އެގްރޯ ނޭޝަނަލް ކޯޕްރޭޝަންގެ ލަނޑުދަނޑި ހާސިލްކުރުމަށް މަސައްކަތްކުރުމާއި ކުންފުނީގައި ހެދިފައިވާ ޤަވާއިދުތަކަށް ކިޔަމަންވުން.
ޝަރުތު (ތަޢުލީމު، ތަމްރީނު އަދި ތަޖްރިބާ):
  • ސެޓްފިކެޓް 3 އިން މެރިން އޮޕަރޭޝަން ފުރިހަމަކޮށްފައިވުމާއި އެކު 5 އަހަރު ދުވަހު ކެޕްޓަނެއްގެ ގޮތުގައި އުޅެ ތަޖްރިބާ ލިބިފައިވުން ނުވަތަ ކޯސްޓަލް ނެވިގޭޝަން ކޯސް (ނިޔަމި ކަމުގެ ސަނަދު) ފުރިހަމަ ކުރުމާއި އެކު 10 އަހަރު ކެޕްޓަނެއްގެ ގޮތުގައި އުޅެ ތަޖްރިބާ ލިބިފައިވުމާއިއެކު މެރިޓައިމް ދާއިރާއިން އިތުރު ތަމްރީނުތައް ފުރިހަމަކޮށްފައިވުން.
  • ދައްވެގެން ގްރޭޑް 10 ގެ ފެންވަރު ހުރުން.
  • ބޭސިކް ފަސްޓް އެއިޑް ކޯހެއް ފުރިހަމަކޮށްފައިވުން.
  • ބޭސިކް ފަޔާރ ފައިޓިންގ ކޯހެއް ފުރިހަމަކޮށްފައިވުން.
  • އިންބޯރޑް އަދި އައުޓްބޯރޑް އިންޖީނު އެޅި ހައިސްޕީޑް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުމާއިއެކު ރާއްޖޭގެ ކޮންމެތާކަށް ކޮންމެ ވަގުތަކު ދަތުރުކުރުމުގެ ޤާބިލްކަން ލިބިފައިވުން.
  • ކޮމްޕިއުޓަރ ލިޓެރަސީއަށް އަޙުލުވެރި މީހެއް ކަމުގައިވުން.
  • ޖިނާއީ އެއްވެސް މައްސަލައެއް ބަލަމުންދާ މީހެއް ކަމުގައި ނުވުމާއިއެކު ފާއިތުވީ 5 އަހަރު ދުވަހުގެ އެއްވެސް ކުށުގެ ރެކޯޑެއްނެތުން.
ހުނަރު: (މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ ހުނަރު)
  • ފަޅުވެރިކަމުގެ ޤާބިލްކަން ހުރުން.
  • ކަނޑުމަތީގައި ގިނަވަގުތު އުޅުމުގެ ޤާބިލްކަން ހުރުމާއިއެކު ރަގަޅަށް ފަތަންއެނގޭ މީހެއްކަމުގައިވުން.
  • ސިއްހީގޮތުން ދުޅަހެޔޮ މީހެއް ކަމުގައިވުން.
 ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:
  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ އައި.ޑީ.ކާޑް ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި)
  • ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެފަރާތުގެ ލިޔުން.

މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 މެއި 2024 ވާ ބުދަ ދުވަހުގެ 16:00ގެ ކުރިން  [email protected]  ސިޓީ ފޮނުއްވުން އެދެމެވެ.

30 އޭޕްރިލް 2024
ހޯދާ