ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫ އިން ސިނާޢީ މަސައްކަތަށް ބިން ކުއްޔަށް ދޫކުރުން

ހއ ދިއްދޫ އުތުރުން ބިން ހިއްކާފައިވާ ސަރަޙައްދުން 15000 އަކަފޫޓުގެ ވައިލެޓް 22 އެވެ ކިޔާ ހުސްބިން، 35 އަހަރު ދުވަހުގެ މުއްދަތަށް، ލޮނު އުފައްދާ ޕްރޮސެސްކުރާ ފެކްޓްރީއެއް އެޅުމަށް، ކުއްޔަށް ދޫކުރުމަށް މި ކައުންސިލުންވަނީ ނިންމާފައެވެ.

 

 

  1. 1.         ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް

 

(ހ)   މި ބިން ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނީ  ހއ ދިއްދޫގައި ހުރި ހުސް ބިންތައް ކުއްޔަށް ދޫކުރުމުގެ މި ކައުންސިލުން އެކުލަވާލާފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާގޮތަށެވެ.

 

(ށ)   މި އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިން ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރާ ފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 30 އޭޕްރީލް 2024 ވާ އަންގާރަ ދުވަހުން ފެށިގެން 9 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން 14:00 އަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected]  އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.

(ނ)  ބީލަން ހުށަހަޅާ ފޮތް މި ކައުންސިލުން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ހުށަހަޅާ ފޮތެއްގެ އަގަކީ 25.00 ރުފިޔާއެވެ.

 

(ރ)   ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 19 މޭ 2024 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ވައިލްޓް 11 ގައެވެ. އަދި ބީލަންތައް ބަލައިގަންނާނީ ބީލަން ހުށަހަޅާ ފަރާތްތައް ނުވަތަ ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި ދުރުވާ ފަރާތްތަކުގެ ހާޟިރުވެއެވެ.

ވީމާ، މި ކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނުގައި ބުނެފައިވާ ބިން ކުއްޔަށް ދޫކުރުމުގެ ގޮތުން މި އިދާރާއިން ޢަމަލުކުރާނެ ގޮތުގެ އުޞޫލާއި، އެ ބިން އޮންނަ ތަން އެނގޭނެ ޗާޓް، މި އިޢުލާނާއިއެކު ޢާންމު ކުރީމެވެ.

29 އޭޕްރިލް 2024
ހޯދާ