ދިގުރަށު މަދަރުސާ، އދ. ދިގުރަށް
ދިވެހިރާއްޖެ
2024 ވަނަ އަހަރު އައުޓްސޯސްކޮށް ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 2024 ވަނަ އަހަރު އައުޓްސޯސްކޮށް ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

     

1 ޖޫން 2024 އިން ފެށިގެން 31 ޑިސެންބަރ 2024 ގެ ނިޔަލަށް މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ މިދަންނަވާ ތާރީޙުގެ ކުރިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށް ކަނޑައެޅިފައިވާ

ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ސުކޫލު އޮފީހަށް ދުރުވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "2024 ވަނަ އަހަރު

ސެކިއުރިޓީ ބަލަހައްޓައި ދިނުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

މައުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ބަލައިގަތުމާއި ކެނޑުން

30 އޭޕްރިލް 2024 އިން 7 މެއި 2024 އަށް

30 އޭޕްރިލް 2024 އިން 7 މެއި 2024 އަށް

މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6680841 ށް

9 އޭޕްރިލް 2024 ވަނަ ދުވަހުގެ 11:00

            

      

      މި މަސައްކަތަށް ހުށަހަޅުއްވާ އަންދާސީހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި ސުކޫލުގެ އޮފީހުގައި އޮންނާނެއެވެ. މި މަސައްކަތް ކުރުމަށް

ކުރިމަތި ލެވޭނީ (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ވިޔަފާރި

ރަޖިސްޓްރީގެ ނަކަލެއް ގެންނެވުން އެދެމެވެ. ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ

ނަކަލެއް ގެންނަންވާނެއެވެ. މި މަސައްކަތުގެ މައުލޫމާތު ކަރުދާސް ( ބިޑް ޑޮކިއުމަންޓް ) މި އިއުލާނާއެކު ޑައުންލޯޑް ކުރެވެންހުންނާނެއެވެ. 

 

              ބީލަމުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަން ހުށަހެޅުމަށް މިބީލަމުގައި

ބައިވެރިވާން އެދޭ ފަރާތްތަކުން، 30 އޭޕްރިލް 2024 އިން 07 މެއި 2024 އަށް  ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

 

             އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތަކާއި ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ.  

ޝުކުރިއްޔާ

29 އޭޕްރިލް 2024

29 އޭޕްރިލް 2024
ހޯދާ