މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މާލޭގައި ޢާއިލީ ޑޮކްޓަރުންގެ ޚިދުމަތުގައި އަމިއްލަ ކްލިނިކް / ހޮސްޕިޓަލްތަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

މާލޭގައި ޢާއިލީ ޑޮކްޓަރުންގެ ޚިދުމަތުގައި އަމިއްލަ ކްލިނިކް/ ހޮސްޕިޓަލްތަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

މާލޭގައި ޢާއިލީ ޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބައިވެރިވެވަޑައިގަންނަވަށް ޝައުޤުވެރިކަންހުރި އަމިއްލަ ކްލިނިކް/ ހޮސްޕިޓަލްތަކުން މިނިސްޓްރީ އޮފް ހެލްތުގައި ރަޖިސްޓަރީ ވުމުގެ ފުރުޞަތުވަނީ ޢާންމުކޮށް ހުޅުވާލެވިފައެވެ. ރަޖިސްޓަރީ ވުމަށް ހުށަހަޅުއްވާ ފޯމާއި އަދި ޚިދުމަތާބެހޭ އިތުރު މަޢުލޫމާތުތައް މި މިނިސްޓްރީގެ ވެބްސައިޓުން (http://www.health.gov.mv) އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މަޢުލޫމާތާއި ފޯމު މި މިނިސްޓްރީގެ ރިސެޕްޝަނުން ވެސް ލިބެން ހުންނާނެއެވެ.

ވީމާ، ރަޖިސްޓަރީވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 20 މޭ 2015 ގެ ކުރިން އެކަމަށް އެދި މި މިނިސްޓްރީއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ޢާއިލީ ޑޮކްޓަރުންގެ ޚިދުމަތް ދިނުމަށް އަމިއްލަ ފަރާތްތައް ހޮވުމުގައި ކުރިން ފޯމު ހުށަހަޅުއްވާ ފަރާތްތަކަށް އިސްކަންދެވޭނެ ވާހަކަ ދެންނެވީމެވެ.

09 ރަޖަބު 1436

28 އޭޕްރިލް 2015
ހޯދާ