ލ. ހިތަދޫ ސްކޫލް
ދިވެހިރާއްޖެ
2024 ވަނަ ދިރާސީ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅޭ

         2024 ވަނަ ދިރާސީ އަހަރު، މިސްކޫލްގެ އެލް.ކޭ.ޖީއަށް ( އަދި ގްރޭޑް 1-10 އަށް މިސްކޫލާއި އަލަށް ގުޅެން ބޭނުންވާ ) ކުދިން ސްކޫލަށް ވެއްދުމުގެ ފުރުޞަތު 28 އޭޕްރިލް 2024 ވަނަ ދުވަހުން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ބެލެނިވެރިންގެ ސަމާލުކަމަށްޓަކާ ދެންނެވީމެވެ. ސްކޫލަށް ކުދިން ވައްދަން ބޭނުންފުޅުވާ ފަރާތްތަކުން ސްކޫލަށް ދުރުވެ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށް ދެންނެވީމެވެ. އެޕްލިކޭޝަން ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ 05 މެއި 2024 އާދީއްތަ ދުވަހުގެ 14:00 އެވެ. އެޕްލިކޭޝަން ފޯމާއެކު ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް އެއްކަރުދާސް ކުރެއްވުން އެދެމެވެ.

-         ދަރިވަރުގެ އައިޑީކާޑުގެ ކޮޕީ (ދެފުށް ފެންނާނޭހެން)

-         ދަރިވަރުގެ މަންމަ އަދި ބައްޕަގެ އައިޑީކާޑުގެ ކޮޕީ

-         ބެލެނިވެރިޔާގެ އައިޑީކާޑުގެ ކޮޕީ

-         ދަރިވަރުގެ ވެކްސިން ކާޑުގެ ކޮޕީ (ވެކްސިން ދެވިފައިވާ ގޮތުގެ ތާވަލް)

 

          މި އިޢުލާނާއެކު ދަރިވަރުން ސްކޫލަށް ވެއްދުމުގައި އަމަލު ކުރާގޮތުގެ އުޞޫލު އެއް ކަރުދާސް ކުރެވިފައިވާނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 9573000 ނުވަތަ 7905759 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

          މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.

25 އޭޕްރިލް 2024
ހޯދާ