ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކުލަ ޕްރިންޓަރ ހޯދުމަށް

01 (އެކެއް) އޯލް އިން ވަން ކުލަ ޕްރިންޓަރ ހޯދުމަށް

މި އޮތޯރިޓީއަށް ބޭނުންވާ 01 (އެކެއް) އޯލް އިން ވަން ކުލަ ޕްރިންޓަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މަތީގައި ދަންނަވާފައިވާ 01 (އެކެއް) އޯލް އިން ވަން ކުލަ ޕްރިންޓަރ ފޯރުކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް މި އޮތޯރިޓީއަށް (ކުރީގެ އެޓޯލް ޕޯސްޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު، މާލެ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް މި އޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

07 ރަޖަބު 1436

26 އޭޕްރިލް 2015
ހޯދާ