މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް
ދިވެހިރާއްޖެ
١٤٤٥ ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

މި ވުޒާރާއާ ގުޅިގެން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

ހުށަހަޅުއްވާ ޕްރޮޕޯޒަލްތަކުގެ ތެރެއިން އަޟްޙާ ޢީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ އަޟްޙާ ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރައްވާނެ ޚަރަދުތަކާއި، އަދި އަގެއް ނުނަންގަވާ އެރަށަކުން ކޮށްދެއްވާނެ ކަންތައްތަކުގެ މައްޗަށް ބަލައިގެންނެވެ.

މި ވުޒާރާގެ ފަރާތުން މިއަހަރު އަޟްޙާ ޢީދު ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ތިން ރަށެއްގައެވެ. މިގޮތުން ތިން ރަށެއް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ހުށަހަޅާ ޕްރޮޕޯސަލްތައް މި ވުޒާރާގެ ފަރާތުން ބެލުމަށްފަހު އެންމެ ރަނގަޅު ތިން ޕްރޮޕޯސަލެއް ހުށަހަޅުއްވާ ތިން ރަށެކެވެ.

ވީމާ، މި ވުޒާރާއާ ގުޅިގެން ތިޔަ އަތޮޅުގެ އެއްވެސް ރަށަކުން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ބޭނުންފުޅުވާނަމަ އެ ރަށްރަށުން ޕްރޮޕޯޒަލް ތައްޔާރު ކުރެއްވުމަށްފަހު 9 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ވުޒާރާއަށް ޕްރޮޕޯޒަލް އީމެއިލް ކުރެއްވުން އެދެމެވެ.

އީމެއިލް ކުރައްވާނީ [email protected] އަށެވެ.

މި އިއުލާނާއެކު ޕްރޮފޯޒަލްގައި ހިމަނަން ބޭނުންވާ މައިގަނޑު ބައިތައް ހިމެނޭ ލިޔުމަކާއި، އަޟްޙާ ޢީދު ފާހަގަކުރާ ރަށެއް ކަނޑައެޅުމާބެހޭ ޕްރޮޕޯޒަލް އަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ހިމެނޭ އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މިކަމުގައި މި ވުޒާރާގެ ފަރާތުން ވިލަރެސް ވެރިއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މި މިނިސްޓްރީގެ އިވެންޓްސް އެންޑް އައުޓްރީޗު ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޢައްބާސް މުޙައްމަދު، ފޯނު ނަންބަރު 7699595 ކަމުގައި ދެންނެވީމެވެ.

25 އޭޕްރިލް 2024
ހޯދާ