މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                    އިޢުލާން ނަންބަރު: ‮‮‮‮‭(IUL)MMPRC-HR/1/2024/43

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މުސާރަ (މަހަކު) : -/8,284 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/2,899 ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/2,485 ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: އެޑްމިނިސްޓްރޭޝަން

ބޭނުންވާ އަދަދު: 1

1. ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

،ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ހާސިލްކޮށްފައިވުން (ނުވަތަ)

ށ.ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 (އެޑްވާންސް ސެޓްފިކެޓް) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)

ނ. ޖީ.ސީ.އީ. އޯލެވެލް ފުރިހަމަކޮށް، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާ އަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ހ. މި ކޯޕަރޭޝަނުގެ އެޑްމިން ސެކްޝަންގެ އެންމެހާ އިދާރީ މަސައްކަތްތައް ސެކްޝަން ހެޑްގެ ލަފާގެ ދަށުން ކުރިއަށް ގެންދިއުން.

ށ. މި ކޯޕަރޭޝަނުގެ ރިސެޕްޝަނަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދާރީވުމާއި އޮފީހަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިދުމަތްދިނުން އަދި ރިސެޕްޝަންގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

ނ. އޮފީހަށް ލިބޭ ސިޓީ އަދި އެހެނިހެން ލިޔުންތަކުގެ އެންޓްރީ އުސޫލާ އެއްގޮތަށް ހެދުމާއި، ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ޙަވާލުކުރުން.

ރ. ރިސެޕްޝަން އޭރިއާ ހުރީ ސާފުތާހިރުކޮށްތޯ ބަލައި، އެތތަނަށް ބޭނުންވާ ސްޓޭޝަނަރީސް ހަމަކޮށް ބެހެއްޓުން.

ބ. މިކޯޕަރޭޝަނުގެ ޖެނަރަލް އީމެއިލްއަށް އަންނަ އީމެއިލްތައް ޗެކްކޮށް، މެއިލްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ޖަވާބު ދޭންޖެހޭ ޖެނަރަލް މެއިލްތަކަށް ޖަވާބުދާރީވުން.

ޅ. ދުވަހުން ދުވަހަށް އީ-ގަވް ޗެކް ކުރުމާއި، އީ-ގަވްއިން ލިބޭ ސިޓީ ފަދަ ލިޔެކިޔުންތައް ގަވައިދުން އެންޓްރީ ހެދުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވުމުގެ އެންމެހާ މަސައްކަތް ކުރުން.

ކ. ސެކްޝަންގެ ސިޓީ ، ނޯޓް އަދި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

އ. ޑިޕާޓްމަންޓްތަކުގެ ކުއަރޓަރލީ ބަޖެޓް ތައްޔާރުކޮށް ފޮނުވުމުން ބަޖެޓް ކޮމްޕައިލް ކުރުމުގެ މަސައްކަތްކުރުން.

ވ. ކޯޕަރޭޝަނުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ތައްޔާރުކޮށް ފައިލް ކުރުން.

މ. ބިލުތަކަށް ފައިސާ ދެއްކުމަށް، ފައިނޭންސް ސެކްޝަނަށް ފޯރުކޮށްދޭންޖެހޭ ސަރވިސް ކޮންފަރމޭޝަންތައް ތައްޔާރުކޮށް ހަވާލުކުރުން.

ފ. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކޯޕަރޭޝަނުން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

29 އެޕްރީލް 2024 ވަނަ ވާ ހޯމަ ދުވަހުގެ 1500 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

5. އިތުރު މަޢްލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

6. އެޑްރެސް ކުރައްވާނީ:

ފާޠިމަތު ތައުފީޤު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

24 އޭޕްރިލް 2024
ހޯދާ