އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. ފެންފުށީ ދެކުނުފަރާތު ހޭޅިމަތީގައިވާ 75ރުއް ސިޓީލާ ނީލަމުން ކުއްޔަށް ދޫކުރުން

މިރަށު ދެކުނުފަރާތު ހޭޅިމަތީގައިވާ ނަންބަރު 01ން 75ށް ނަންބަރު ޖަހާފައިވާ 75 ރުއް މީލާދީ 2 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ގަސްދުކުރަމެވެ.

          މިރުއްތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ސިޓީލާ ނީލަމުން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ. ނީލަން ފެށުމަށް ހަމަޖެހިފައިވާ އަގަކީ ރުއްތަކުގެ ކުލި މީލާދީ އަހަރަކަށް -/3000ރ (ތިންހާސްރުފިޔާ) އެވެ. މިނީލަމަށް ފަހަރަކު މަދުވެގެންއިތުރުކުރެވޭނީ -/1000ރ (އެއްހާސް ރުފިޔާ) އެވެ. މިނީލަމުގައި ބައިވެރިވުމަށް ކައުންސިލްގެ އިދާރާއިން ދޫކުރާ ފޯމް ފުރިހަމަ ކުރުމަށްފަހު ސިޓީ އުރައެއްގައި ބަންދުކޮށްގެން ކައުންސިލް އިދާރާގެ ކައުންޓަރަށް ހުށައަޅަންވާނެއެވެ. ކައުންޓަރަށް ސިޓީ ހުށައެޅުމުން ސިޓީއުރައިގެ ބޭރުގައި ފޯމް ހުށައެޅި ތާރީހް އާއި ގަޑި އަދި ކައުންސިލް އިދާރާގެ ތައްގަނޑު ޖެހުމަށްފަހު އެކަމަށް ހާއްސަ ކުރެވިފައިވާ ފޮއްޓަށް އެފަރާތެއްގެ ހާޒިރުގައި ލާނެއެވެ. މިގޮތުން އެދުވަހެއްގެ އެންމެމަތީ އަގު ނީލަން ކިޔާ ކޮންމެ ދުވަހަކު 14:00ގައި ކައުންސިލްގެ ނޯޓިސްބޯޑް ގައި ބެހެއްޓިފައި ހުންނާނެއެވެ. 48 (ސާޅީސް އަށެއް)ގަޑިއިރު ވަންދެން އެއްއަގެއް އޮވެއްޖެނަމަ އެފަރާތަކަށް ނީލަން ކާމިޔާބުވީކަމުގައި ނިންމޭނެއެވެ.

          މިރުއްތަށް ކުއްޔަށް ނަގާ ފަރާތުން ރުއްތަކުން އުފެދޭ ކުނި ނައްތާލުމަށް ކުނީ ފީގެ ގޮތުގައި މީލާދީ އަހަރަކަށް -/1000ރ (އެއްހާސް ރުފިޔާ) މިކައުންސިލްގެ އިދާރާ އަށް ދައްކަން ޖެހިވަޑައިގަންނަވާނެއެވެ.  

            ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.

24 އޭޕްރިލް 2024
ހޯދާ