ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތައް މަރާމާތުކޮށް ބައެއް ތަކެތި ހޯދަން

މިސްކިތްތައް މަރާމާތުކޮށް ބައެއް ތަކެތި ހޯދަން ބޭނުންވެއްޖެއެވެ.

ދޫނޑިގަން އަވަށުގެ މިސްކިތްތައް މަރާމާތުކޮށް ބައެއް ތަކެތި ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 މޭ 2015 ވާ އަންގާރަ ދުވަހުގެ 09:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 މޭ 2015 ވާ އާދީއްތަ ދުވަހުގެ 09:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބުތައް ހުށަހަޅަންވާނީ ސިޓީއުރައަކަށްލައި ބަންދުކުރުމަށްފަހު އުރައިގެ ބޭރުގައި ދޫނޑިގަމު މިސްކިތްތައް މަރާމާތު ކުރުމާބެހޭ މިގޮތަށް ލިޔެފައެވެ.

  • 05 (ފަހެއް) މިސްކިތެއްގެ އެތެރެއާއި ބޭރުގައި ކުލަލުން. (މަސްޖިދުލްޙަޟާރާ، މަސްޖިދުއްސަލާމް، މަސްޖިދުލްއައްވާބް، އަލްޙާފިޟް މުޙައްމަދު އަޙްމަދުދީދީ އަދި މަސްޖިދު މަންހަޖުލްހުދާ)

ހޯދަން ބޭނުންވާ ތަކެތި

  • 6 މައިކް
  • 6 ލައުޑް ސްޕީކަރ
  • 3 އެމްޕްލީ ފަޔަރ
  • 18 ފަންކާ (އޮރިއެންޓް)

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ.

04 ރަޖަބު 1436

23 އޭޕްރިލް 2015
ހޯދާ