މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު – އިންޑިވިޖުއަލް ކޮންސަލްޓަންޓް (ނެޝަނަލް)

ޕްރޮޖެކްޓް: ބިލްޑިންގ ކްލައިމެޓް ރިޒިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް

މަސައްކަތުގެ ބާވަތް: ޕްރޮކިއުމަންޓް އެންޑް ކޮންޓްރެކްޓްކް މެނޭޖްމަންޓް ކޮންސަލްޓެންސީ ހިދުމަތް ހޯދުމަށް

 

ރިފަރެންސް ނަންބަރު: (IUL)438-ENV/438/2024/151

 

 

"ބިލްޑިންގ ކްލައިމެޓް ރެޒިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް" މަޝްރޫޢުއަކީ، ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އެހީގައި  މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

 

މި މަޝްރޫޢުގެ ދަށުން، ހަތަރު ރަށެއްގައި ދެހެއްޓެނިވިގޮއްގައި ގޮނޑުދޮށްތައް ހިމާޔަތްކުރުމާގުޅޭ ކަންކަން ހިންގުމަށްވަނީ ރޭވިފައެވެ. މިގޮތުން، މި މިޝްރޫޢުގެ ދަށުން ހިންގަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ޕްރޮކިއުމަންޓް އަދި ކޮންޓްރެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީ ހިދުމަތް ހޯދަން ބޭނުންވެއެވެ. މި ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު އަރުވަމެވެ.

 

މި މަސައްކަތާއި ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" މި ޢިއުލާނާއެކު ޑައުންލޯޑު ކުރެވޭގޮތަށް ހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

 

 

 

 

 

 

އިތުރު މަޢުލޫމާތު ސާފުރުން

 

 

 

މި މަސައްކަތާއި ގުޅޭގޮތުން އިތުރުމައުލުމާތު ސާފުކުރަން ބޭނުންވާނަމަ، އީ-މެއިލް ކުރާނީ 2024 މޭ 09 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީ-މެއިލް ކުރާއިރު ސުރުހީގައި އިޢުލާން ނަންބަރު، މަޝްރޫގެ ނަން އަދި މަސައްކަތުގެ ބާވަތް ސާފުކޮށް ލިޔަންވާނެއެވެ.

 

އީ-މެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected]

 

"އެކްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުން

 

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 މޭ 23 ވަނަ ދުވަހުގެ 12:00 ގެ ކުރިން، "އެކްޕްރެޝަން އޮފް އިންޓަރަސްޓް" ތިރީގައިވާ އެޑްރެހަށް، ތިރީގައިވާ މައުލޫމާތު ހިމަނައި ހުށަހެޅުން އެދެމެވެ. "އެކްޕްރެޝަން އޮފް އިންޓަރަސްޓް" އީ-މެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.

 

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

މަޝްރޫޢު: ބިލްޑިންގ ކްލައިމެޓް ރިޒިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް

މަސައްކަތުގެ ބާވަތް: ޕްރޮކިއުމަންޓް އެންޑް ކޮންޓްރެކްޓްކް މެނޭޖްމަންޓް ކޮންސަލްޓެންސީ ހިދުމަތް ހޯދުން

 

ހުށަހަޅާ ފަރާތުގެ ނަން، އެޑްރެސް އަދި ފޯނު ނަންބަރު

 


 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ހުށަހެޅުންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް ލިބިގެންވެއެވެ.

24 އޭޕްރިލް 2024
ހޯދާ