ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ރިސެޕްޝަން)

(IUL)462/HR/1/2024/10:ނަންބަރު

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ރިސެޕްޝަން)

ކްލެސިފިކޭޝަން:

އޮފިސަރ (GS-3)

ބޭނުންވާ އަދަދު:

01

މަސައްކަތް ކުރަންޖެހޭ ތަން:

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން / ކ. މާލެ

އަސާސީ މުސާރަ:

5,500.00 ރުފިޔާ

ލިވިންގ އެލަވަންސް:

4,000.00 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %45 (2,475.00  ރުފިޔާ)

ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:

 

  • ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައި ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސައްކަތް

  1. ކޮމިޝަނަށް ލިބޭ ލިޔެކިއުމާ، ކޮމިޝަނުން ބޭރަށް ފޮނުވާ އެންމެހާ ލިޔެކިޔުންތައް ބަލައިގަތުމާއި، ހަވާލުކުރަންޖެހޭ ޑިވިޜަންތަކާ ހަވާލުކުރުމާއި އެތަކެތި ސްކޭންކޮށް ބެލެހެއްޓުން.
  2. ކޮމިޝަނަށް ހާޟިރުވާ ފަރާތްތައް ކަމާގުޅޭ މުވައްޒަފާ ގުޅުވައިދިނުމުގެ މަސައްކަތް ކުރުން.
  3. ކޮމިޝަނުގެ ސްޓޮކަށް ބޭނުންވާ މުދާ ހޯދުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.
  4. ކޮމިޝަށް ހޯދާ މުދަލާ ޚިދްމަތުގެ ތެރެއިން ބިޑް ނުކޮށް ހޯދާ މުދަލާ ޚިދްމަތް ހޯދުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.
  5. ކޮމިޝަނަށް ހޯދާ ހަރުމުދަލުގެ ނަންބަރު ޖަހާ މުދަލުގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  6. ކޮމިޝަނުގެ މުދަލުގެ ރެޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  7. ފައިނޭންޝިއަލް އޮޑިޓާ ގުޅިގެން ކޮމިޝަނުންދޭންޖެހޭ މައުލޫމާތު އެއްކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތްކުރުން
  8. ކޮމިޝަނުގެ ހަރުމުދާ މިނިސްޓްރީ އޮފް ފިނޭންސްގެ ސެޕްސިސްޓަމަށް އެންޓަރކުރުމާއި ބެލެހެއްޓުމުގެ މަސައްކަތްކުރުން.
  9. ކޮމިޝަނުން ކުރާ ދަތުރު ތަކުގެ އިންތިޒާމް ހަމަޖެއްސުން.
  10. ކޮމިޝަނުގެ ހަރުމުދަލުގެ އަހަރީ ހިސާބުނަގާ ފައިނޭންޝަލް އެގްޒެކެޓިވްގެ ސޮއި ކުރުވާ ފައިލްކޮށް ބެލެހެއްޓުން.
  11. ކޮމިޝަނުގެ ފައިނޭންޝަލް އޮޑިޓާ ގުޅިގެން ހޯދާ ޕްރޮކިއުމަންޓާއި ހަރުމުދަލާ ގުޅޭ އެންމެހާ މައުލޫމާތު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  12. މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

މަޤާމުގެ އަސާސީ ޝަރުޠު:

  1. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 އިން މަތީގެ ސަނަދެއް ހާސިލް ކޮށްފައިވުން ނުވަތަ
  2. 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް އިން މަތި ލިބިފައިވުމާއެކު 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި ދަށްވެގެން އިނގިރޭސިން "ޑީ" ފާހެއް ނުވަތަ އެފެންވަރުގެ އެހެން އިނގިރޭސިފާހެއް ލިބިފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ
  3. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް އިން މަތި ލިބިފައިވުމާއެކު 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައިދަށްވެގެން އިނގިރޭސިން "ޑީ" ފާހެއް ނުވަތަ އެފެންވަރުގެ އެހެން އިނގިރޭސިފާހެއް ލިބިފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (މި ފޯމު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. https://v2.nic.gov.mv/downloads))
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް(
  3. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (އަދި ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާ ނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް އެ އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓް ހުށަހަޅަން ވާންވާނެއެވެ.)    

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ދައުލަތުގެ އަދި ސިވިލް ސަރވިސްގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)   ދިވެހިރާއްޖޭގައި ހިންގާ ރިޒޯޓުތަކާއި އެ ރިޒޯޓުތަކުގެ މައި އޮފީހުން ދޫކޮށްފައި ހުންނަ ތަޖުރިބާ އަންގައިދޭ ލިޔުންތަކާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ އަމިއްލަ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

6. ދައުލަތަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ ފަދަ އެއްބަސްވުމެއް ހެދިފައިވާ އިދާރާއިން ދޫކޮށްފައިވާ ލިޔުން.

މަގާމަށް  ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު:

  1. އަސާސީ ޝަރުތު ހަމަވުން: 30 ޕޮއިންޓް
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ: 10 ޕޮއިންޓް
  3. އިމްތިހާނު ނުވަތަ ޕްރެކްޓިކަލް : 20 ޕޮއިންޓް
  4. އިންޓަރވިއު: 40 ޕޮއިންޓް

ޝޯޓްލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ވަޒީފާއާގުޅޭ މަސައްކަތުގެ ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓުލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ 2024 މޭ 08 އިން 30 އާ ދެމެދު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓްރވިއުއާއި އިމްތިޙާނަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 މޭ 06 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔެކިޔުންތައް ބަލައިގަނެވޭނީ ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ހުށަހަޅާފައި ވާނަމައެވެ.  ސުންގަޑީގެ ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3001343 ނަންބަރު ފޯނާއެވެ. މިކޮމިޝަނުގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލު އަދި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ވެބްސައިޓް https://v2.nic.gov.mv/downloads) ) އިން ލިބެން ހުންނާނެއެވެ.އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001343 ފޯނާ ގުޅުއްވުން އެދެމެވެ.

   

15 ޝައްވާލް 1445

24 އޭޕްރިލް 2024

24 އޭޕްރިލް 2024
ހޯދާ