މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސީނިއަރ ހެލްތު ކެއަރ ކޮލިޓީ އެޝުއަރަންސް އޮފިސަރ - މިނިސްޓްރީ އޮފް ހެލްތު

އިޢުލާން

މިނިސްޓްރީ އޮފް ހެލްތުގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ސީނިއަރ ހެލްތު ކެއަރ ކޮލިޓީ އެޝުއަރަންސް އޮފިސަރ

މަޤާމުގެ ނަންބަރު

       J-397505

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ރޭންކް 7 - ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

ކޮލިޓީ އެޝުއަރަންސް އެންޑް ރެގިއުލޭޝަން ޑިވިޜަން/ ހެލްތު ސަރވިސަސް ސްޑޭންޑަރޑްސް އެންޑް ގައިޑްލައިންސް ސެކްޝަން / ކްލިނިކަލް ރިވިއު ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

މުސާރަ

-/10,741 ރުފިޔާ

މަޤާމުގެ އެލަވަންސް

-/5,012 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ހާޒިރީ ޢިނާޔަތް : ހާޒިރުވާ ދުވަހަކަށް 136/-
  3. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކާއި އެއްގޮތައް ( 01 މޭ 2023 އިސްލާހާއި އެއްގޮތަށް ) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ޞިއްޙީ ޚިދުމަތަކާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅޭ ނުވަތަ ޑިވިޒަންއަށް އެހެންގޮތަކުން ނަމަވެސް އެނގޭ ކޭސްތައް ރިވިއުކުރުމަށް، އެއާ ގުޅިގެން ހޯދަންޖެހޭ އެންމެހާ ލިއެކިއުންތައް ހޯދާ ސީކުއެންސް އޮފް އިވެންޓްސް ލިއުން
  2. ޞިއްހީ ފަރުވާއާއި ގުޅިގެން ހުށަހެޅޭ މައްސަލަތަށް ރިވިއު ކުރުމަށް ބޭނުންވާ ސްޓޭންޑާރޑްތަކާ ގައިޑްލައިންތަކާ އެސްއޯޕތައް ކަމާބެހޭ ތަޖުރިބާހުރި ފަންނީމީހުންގެ ލަފަޔާ އިރުޝާދު ހޯދުމަށް ކޮމިޓީތައް އެކުލަވާލާ އެ ކޮމިޓީތަކުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  3. ޞިއްހީ ފަރުވާއާއި ގުޅިގެން ހުށަހެޅޭ މައްސަލަތަކާއި ގުޅޭގޮތުން ތައްޔާރުކުރެވޭ ޤަވާޢިދުތަކަށް ބޭނުންވާ ޤާނޫނީ ބާރު ހޯދުމަށްޓަކައި ލީގަލް ޔުނިޓު މެދުވެރިކޮށް އެޓަނީޖެނެރަލް އޮފީހަށާއި، ރައްޔަތުންގެ މަޖިލިހަށް ފޮނުވުން
  4. ޞިއްޙީ ޚިދުމަތަކާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅޭ ނުވަތަ ޑިވިޒަންއަށް އެހެންގޮތަކުން ނަމަވެސް އެނގޭ އެންމެހާ ކޭސްތައް ރިވިއުކުރުމަށްފަހު ފާހަގަކުރެވޭ ކަންކަމާއި އަދި އެކަމާގުޅިގެން އިސްލާހުކުރަން އެންގުނު ކަންކަން ހިމެނޭ ގޮތަށް އަހަރަކު 2 ފަހަރު ރިޕޯޓެއް ތައްޔާރުކުން
  5. ޞިއްޙީ ޚިދުމަތަކާއި ނުވަތަ ކޭސްރިވިއު އާއި ގުޅިގެން ޖަވާބުދާރީ ވާންޖެހޭ ދައުލަތުގެ މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކަށް ޖަވާބުދާރީވުން އަދި އެކަންކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން
  6. މެޑިކޯލީގަލް ކޭސްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަންކުރުމާއި ނޯފޯލްޓް ކޮންޕެންސޭޝަން ސިސްޓަމެއް އެލުކަވާލުމާއި ޤާނޫނީ ބާރުހޯދުމާއި އެކު ފުރިހަމަ މެޑިކޯލީގަލް އަދި ކޮންޕެންސޭޝަން ސިސްޓަމެއް ޤާއިމުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
  7. މެޓާރނަލް އެންޑް ޕެރިނޭޓަލް މޯބިޑިޓީ އާއި މޯޓަރލިޓީ ކޮމިޓީއާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން އަދި ޖެންޑަރ ބޭސްޑް ވައިލަންސް، ކުޑަކުދިންގެ ހައްގުތަކާއި މިކަމާ ރިލޭޓަޑް އަދި މިކަމާގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން
  8. އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ތަކަށް ފޮނުވަންޖެހޭ ރިޕޯޓްތަކަށް ޑިވިޒަންގެ ކޮމެންޓު ހޯދުމާއި މިކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަންކުރުން
  9. ސިއްޙީ ޙިދުމަތްދޭ ތަންތަން އެސެސްކޮށް އިންސްޕްކެޓްކުރުމަށް ފަހު އެކުލަވާލުވޭ ރިޕޯޓްތަކުގެ އަލީގައި ޙިދުމަތުގެ ފެންވަރު ރަނގަޅުކުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ޕްރައިރިޓީ އޯޑަރއަކުން ޑިވިޒަންގެ ނުވަތަ މިނިސްޓްރީގެ އެހެނިހެން އޭރިއާތަކާ ގުޅިގެން ކުރުން
  10. ޑިވިޒަންއިން ކުރާ އިންސްޕްކްޝަން ދަތުރުތަކުގައި ބައިވެރިވެ އެސެސްމަންޓްތައް ހެދުމާއި އަދި އެކަމާއި ގުޅިގެން ހަދަންޖެހޭ ރިޕޯޓްތައް ހެދުން
  11. ސިއްޙީ ޙިދުމަތް ދިނުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދު އަދި އެހެނިހެން އުސޫލުތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމަށް ތާވަލެއް އެކުލަވާލާ އެތާވަލާ އެއްގޮތައް ކަންކަން ކުރުން
  12. ޑިވިޝަން ރާވާފައިވާ ގޮތަށްބަލާ ސެކްޝަންގެ މަސައްކަތްތައް ރާވާ ހިންގާނެ ޕްރޮސީޖަރތައް ލިޔެ އެކަން މިނިސްޓްރީގެ ޑިވިޝަންތަކާއި މިނިސްޓްރީގެ މުއައްސަސާތަކަށް އަންގާ އެކަންކަން ބެލެހެއްޓުން.
  13. ކޭސް ރިވިއު ސެކްޝަންގައި މަސައްކަތްކުރާ ފަރާތްތަކުގެ މަހުންމަހަށް ހަދަންޖެހޭ ޕާރފޯމަންސް ރިވިއުތައް ހަދާ، ޓާރގެޓްސް ތައް ތައްޔާރުކޮށް ޓާރގެޓްސް ތަކާ އެއްގޮތައް މަސައްކަތްތައް ކުރޭތޯ ބެލުމާއި ޕާރފޯރމަންސް އެޕްރައިސަލް ހެދުން އަދި އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރުމަށް އެންގުން
  14. ޑިވިޒަން ރެޕްރެޒެންޓް ކުރަންޖެހޭ ހާލަތްތަކުގައި ފުރިހަމަ އަށް ބައިވެރިވުން އަދި މިނިސްޓްރީގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތް ތަކުގައި ފުރިހަމައަށް ބައިވެރިވެ ހިއްސާކުރުން.
  15. ޞިއްޙީ އެމަޖެންސީތަކާ، ފެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  7ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  • ހެލްތް އެޑްމިނިސްޓްރޭޝަން
  • ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން 
  • ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އިން ކޮލިޓީ އެންޑް ސިސްޓަމްސް ސޭފްޓީ
  • ހެލްތް ކެއަރ މެނޭޖްމަންޓް  
  • ހެލްތް ކެއަރ ކޮލިޓީ
  • ހެލްތް ކެއަރ ކޮލިޓީ އެންޑް ސޭފްޓީ 
  • ހެލްތް ކެއަރ ކޮލިޓީ އިމްޕްރޫވްމަންޓް  
  • ހެލްތް ކެއަރ ކޮލިޓީ އިން ޕޭޝަންޓް ސޭފްޓީ 
  • ހެލްތް ކެއަރ ކޮލިޓީ މެނޭޖްމަންޓް 
  • ހެލްތް ކެއަރ ރިސްކް މެނޭޖްމަންޓް އެންޑް ކޮލިޓީ  
  • ހެލްތު މެނޭޖުމަންޓް 
  • ހެލްތް ސަރވިސް އެޑްމިނިސްޓްރޭޝަން
  • ހެލްތް ސަރވިސަސް މެނޭޖްމަންޓް  
  • ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން
  • ހޮސްޕިޓަލް މެނޭޖްމަންޓް 
  • ޕޭޝަންޓް ސޭފްޓީ އެންޑް ހެލްތް ކެއަރ ކޮލިޓީ
  • ޕަބްލިކް ހެލްތު އެޑްމިނިސްޓްރޭޝަން
  • ކޮލިޓީ އެންޑް ސޭފްޓީ އިން ހެލްތް ކެއަރ  
  • ކޮލިޓީ އެންޑް ސޭފްޓީ އިން ހެލްތް ކެއަރ މެނޭޖްމަންޓް
  • ކޮލިޓީ އެޝުއަރެންސް  
  • ކޮލިޓީ އެޝުއަރަންސް އެންޑް ރެގިއުލޭޓަރީ ސައިންސް 
  • ރެގިއުލޭޓަރީ އެފެއާޒް  
  • ރެގިއުލޭޓަރީ އެފެއާޒް އެންޑް ކޮލިޓީ އެޝުއަރަންސް  

 

ގުޅޭ ވަޒީފާގެ ދާއިރާ

  • ހެލްތު ސަރވިސަސް
  • ހެލްތު މެނޭޖްމަންޓް
  • ހޮސްޕިޓަލް މެނޭޖްމަންޓް
  • ހެލްތު އެންޑް ސޭފްޓީ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 30 އެޕްރީލް 2024 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނު، އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އޮންނާނީ،2024 މޭ  މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected]  އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014416،3014409،3014407 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

24 އޭޕްރިލް 2024
ހޯދާ