ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ދާންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަގީއަށް ވަގުތީ ޑްރައިވަރަކު ހޯދުމާއިބެހޭ

މަޤާމް :ޑްރައިވަރ
ބޭނުންވާ އަދަދު :1

ގއ.ދާންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަގީއަށް ވަގުތީ ޑްރައިވަރު ކަމުގެ މަޤާމަށް ކުރިއަށް އޮތް 12 މަސްދުވަހަށް މަސައްކަތް ކުރާނެ މީހަކު ހޯދުމަށް ބޭނުންވެއްޖެއެވެ. 

މަޤާމު:

ޑްރައިވަރ

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކު:

އެސް.އެސް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދާންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިދާރާ  

މުސާރަ އާއި އެހެނިހެން އިނާޔަތްތައް:

  • އެލަވަންސް: މަހަކު 3000.00 ރުފިޔާ (ތިންހާސް ރުފިޔާ)

މަސައްކަތް ކުރަންޖެހޭ ވަގުތު:

މި މަޤާމުގައި މަސައްކަތްކުރާ މުވައްޒަފަކު ވަޒީފާ އަދާކުރުމަށް ވަކިގަޑިއެއް ކަނޑައެޅިފައި ނޯންނާނެއެވެ. މަސައްކަތްކުރަންޖެހޭ ގަޑިއަކީ އަންހެނުންގެ ކޮމިޓީގެ ބަގީއަށް ލިބޭ ދަތުރު ތަކާއި ކޮމިޓީން ކުރަން ބޭނުން ދަތުރު ކުރެވޭ ގޮތަށް އޮން ކޯލްގައި ހުރުމެވެ.  މިވަޒީފާ އަދާކުރާ މުވައްޒަފަކު މި ވަޒީފާގެ މަސައްކަތަށް (ދަތުރު ތަކަށް ދަތިނުވާ ގޮތަށް ) އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ކުރުން ހުރަހެއް ނެތެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އަންގާ ގޮތެއްގެ މަތިން ބަގީ ދުއްވުން
  • ބަގީ ދުއްވުމުގައި އެންމެހައި ޤާނޫނާއި ގަވާއިދުތަކަށް ހުރުމަށްތެރިކޮށް ހިތުން ، ޚާއްސަކޮށް ވަޒީފާއިބެހޭ ޤާނޫނާއި ޓްރާންސްޕޯޓް އޮތޯރިޓީން ހަދާފައި އޮންނަ އެއްގަމު އުޅަނދު ދުއްވުމުގެ ޤަވާއިދާއި އެއްގޮތަށް އަމަލްކުރުން
  • ގަވާއިދާއި ޚިލާފަށް ބަގީ ދުއްވުމާއި ބަގީ ދުއްވުމުގައި ފަރުވާ ކުޑަކުރުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ ޑްރައިވަރުއެވެ.. އަދި މިގޮތުން ބަގީއަށް ނުވަތަ ތަނަކަށް މީހަކަށް އެއްޗަކަށް ލިބޭ ގެއްލުމެއްގެ ސަބަބުން ބަދަލެއް ދޭންޖެހޭނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭނީ އެވަގުތަކު ބަގީ ދުއްވާ ޑްރައިވަރެވެ. 
  • ބަގީ ދުއްވަންޖެހޭނީ ގަވާއިދާއި އެއްގޮތަށް މަގުމަތީގެ ސަލާމަތާއި މަގުމަތީ ހިނގާބިގާ އުޅޭ މީހުންނާއި ދުއްވާއެއްޗެއްސާއި އާންމު ރައްޔިތުންގެ މުދަލާއި ތަކެއްޗަށް ރައްކައުތެރިކަމަށް ބަލައިގެންނެވެ.
  • އަދި ބަގީ ދުއްވުމުގައި ފަރުވާ ކުޑަކުރުމުގެ ސަބަބުންނާއި ޤަވާއިދާއި ޚިލާފުވުމުގެ ސަބަބުން ބަގީއަށް ލިބޭ ގެއްލުމުގެ ބަދަލް އެގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި، އަދި އެކަމަކަށް ހިނގާ ޚަރަދު ޑްރައިވަރު އަތުން ނެގުމުގެ ބާރު ދާންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ލިބިގެންވެއެވެ.
  • ބަގީ ދުއްވަން ފެށުމުގެ ކުރިން ބަގީ ރަގަޅަށް ޗާޖްކޮށްފައި ބެހެއްޓުން، ދުވާލަކު ގިނަވެގެން 8 ގަޑި އިރަށްވުރެ ގިނަ ވަގުތު ބެޓަރީ ޗާޖަށް ޖަހާފައި ނުބޭއްވުން
  • ރައްކާތެރިކަމާއެކު ބަގީ ދުއްވުމާއި ބަގީ ރީއްޗަށް ދޮވެ ސާފުކުރުމާއި ތެޔޮޖެހުން، އަދި އަޑީތެޔޮ އެޅުން
  • ބަގީން ޚިދުމަތް ދިނުމުގައި ރިވެތި އަޚްލާގު ބެހެއްޓުމާއި ޚިދުމަތް ދިނުމުގައި ވީހާވެސް ރަގަޅަށް ރިވެތިބަހުން މުޢާމަލާތްކުރުމާއި ސާފުތާހިރު ހެދުންލައިގެން ރީތިކޮށް ހުރުން
  • ބަގީ އަށް އާންމުދަނީ ހޯދުމަށް ދަތުރު ކުރާ ނަމަ އެދަތުރަކަށް ލިބެންޖެހޭ ފައިސާ ޚިދުމަތް ލިބޭ ފަރާތުން ހޯދުމާއި، މި ދަތުރުތަކާއި ލިބޭ ފައިސާ ގެ ރެކޯޑް ފޮތެއްގައި ލިޔެ ބެލެހެއްޓުމާއި، ކޮންމެ ދުވަހެއްގެ ފައިސާ ޖެހިގެން އަންނަ ދުވަހު ހެނދުނު ހާޟިރުވެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކޮމިޓީން ފައިސާ ހަވާލުކުރަން ކަނޑައަޅާފައިވާ ފަރާތަކާއި ޙަވާލުކުރުން
  • ބަގީ ދުއްވަން ކޮމިޓީން އެކުލާވާލާފައިވާ އުސޫލުތަކާއި އަންގާ އެންގުންތަކަށް އިޙްތިރާމްކުރުން
  • ޓެކްސީން ދަތުރުކުރާ ފަސިންޖަރުންގެ ލަގެޖް ޓެކްސީއަށް އަރުވައި ބާލައިދިނުމުގައި ޑްރައިވަރުން އެހީތެރިވާންޖެހޭނެއެވެ. ޚާއްޞަކޮށް، ބަލިމީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، ޖިސްމާނީ އުނިކަން އިޙުސާސް ކުރަން ޖެހިފައިވާ މީހުން ޓެކްސީއަށް އަރައި ފޭބުމުގައްޔާއި މިފަދަ މީހުން ބޭނުންކުރާ ފުރޮޅުލީ ގޮނޑިއާއި ލަގެޖް ޓެކްސީއަށް އަރުވައި ބާލައިދިނުމުގައި އެހީތެރިވާންޖެހޭނެއެވެ. އަދި މިފަދަ މީހުން ބޭނުންކުރާ ފުރޮޅުލީ ގޮނޑި ފަދަ ތަކެއްޗަށް އިތުރު އަގެއް ނެގުމަކީ މަނާކަމެކެވެ.
  • ދަތުރެއް ކުރަމުންދާއިރު، ކުރަމުންދާ ދަތުރުގައި ފަސިންޖަރަކު އިންދައި ނުވަތަ އެއް ފަސިންޖަރަށްވުރެ ގިނަ ފަސިންޖަރުން ތިއްބައި، އިތުރު ފަސިންޖަރެއް އަރުވައިގެން ދަތުރުކުރަންވާނީ ބަގީގައި ތިބި ފަސިންޖަރުންގެ ހުއްދައާއެކުގައެވެ.
  • ޓެކްސީ ޚިދުމަތްދޭ ވަގުތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ.
  • ވެބްސައިޓް ނުވަތަ އެޕްލިކޭޝަން (އެޕް) މެދުވެރިކޮށް ޕްރައިވެޓް ހަޔަރގައި ޓެކްސީ ޚިދުމަތް ދިނުމަށް ދާންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ވަކިގޮތެއް ނިންމާ އަންގާފިނަމަ  މިފަދަ ދަތުރުތަކަށް އޮންކޯލްގައި ހުރުމާއި، ފަރުވާތެރިކަމާއެކު ދަތުރުތައް ކުރުން

 

މަޤާމުގެ ޝަރުޠުތައް:

  • ކަމާއިގުޅޭ ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއިއެކު 4ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވުން. ނުވަތަ
  • އަދި 4ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު ލިޔަން ކިޔަން ދަތުން، މަޤާމުގައި ކުރަންޖެހޭ މަސައްކަތް އެނގުމާއި،  މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއް ކަމުގައިވުން

މަޤާމުގެ މަސައްކަތުގެ ދާއިރާ:

  • ޓެކްސީ ކުރުމުގެ ޚިދުމަތް ފޯރުކޮށް ދިނުމުގެ ދާއިރާ

ތައުލީމީ ރޮނގުތައް:

  • ލިޔަން ކިޔަން އެގުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން / ސިޓީ.  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް  
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ ލިޔުން.
  6. އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ޑްރައިވިން ލައިސަންސް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

50

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

މަސައްކަތުގެ ތަޖުރިބާ

5

އިންޓަވިއު

40

 

 

 

 

މި މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %70

އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ. 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  05 މެއި 2024ގެ 13:00 ގެ ކުރިން، ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ލިޔުން ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 09 މެއި 2024 (ދާންދޫ ކައުންސިލްގެ އިދާރާ) ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820026 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

 

24 އޭޕްރިލް 2024
ހޯދާ