މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯޓަރ ސްޕޯރޓްސް ސެންޓަރެއް ހިންގުމަށް ބިން ކުއްޔަށް ދޫކުރުން

 

ވޯޓަރ ސްޕޯރޓްސް ސެންޓަރެއް ހިންގުމަށް ބިން ކުއްޔަށް ދޫކުރުން

ނ.ވެލިދޫ ޓުއަރިޒަމް ވިލެޖް 1ން،  ވޯޓަރ ސްޕޯރޓްސް ސެންޓަރެއް ތަރައްޤީކުރުމަށް 920 އަކަފޫޓުގެ 2 (ދޭއް) ބިން 30 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

   އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

 ވީމާ، މިބިންތައް ކުއްޔަށް ނެގުމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން 08 މެއި 2024 ވާ ބުދަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ބީލަމުގެ ބިޑްފޮތް  އަދި ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް، 28  އޭޕްރީލް 2024 ން 08 މެއި 2024 ވާ ބުދަ ދުވަހުގެ 10:00 ން 11:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެެއެވެ. ބިޑް ފޮތެއްގެ އަގަކީ -/5،000 (ފަސް ހާސް) ރުފިޔާއެވެ. އަދި ބިޑްފޮތް ބައްލަވައިނުގަންނަވާ ފަރާތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަވެސް ދަންނަވަމެވެ. ބިޑްހުށަހެޅުން އޮންނާނީ 28 މެއި 2024 ވާ އަންގާރަ ދުވަހުގެ 11:00 ގައެވެ.

ބިޑްފޮތް ގަތުމަށް އަދި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. މިއިޢުލާނާ އެކު ނ.ވެލިދޫ ޓުއަރިޒަމް ވިލެޖް 1ން،  ވޯޓަރ ސްޕޯރޓްސް ސެންޓަރެއް ތަރައްޤީ ކުރުމަށް ދޫކުރެވޭ ބިމުގެ ޗާޓް ހިމެނިފައިވާނެއެވެ.

 

ހިމެނޭ ބައިތައް

މިންވަރު

ތަފްސީލް

މާކްސް  (%)

އިންވެސްޓްކުރާ މިންވަރު

40%

  • މިއީ، ބިޑް ހުށަހަޅާ ފަރާތުން އިންވެސްޓްކުރުމަށް ހުށަހަޅާ އަގެވެ.
  • މިބަޔަށް މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑުއަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

 

(Benchmark Amount / Submitted Amount) x 40%

ކުލި (އަކަފޫޓަކަށް ހުށަހެޅޭކުލި)

 

 

 

 

 

 

 

40%

 

  • (ބީލަމަށް ހުށަހަޅާ ފަރާތުން ހުށަހަޅާކުލި/އެންމެ މަތިން ބީލަމަށް ހުށްހެޅިފައިވާ ކުލި × 40)
  • އަކަފޫޓަކަށް ކަނޑައަޅާ އެންމެ ކުޑައަގަކީ އަކަފޫޓަކަށް މަހަކު 80 ލާރި އެވެ.

 

 

 

(Benchmark Amount / Submitted Amount) x 40%

 

ކޮންމެ 5 (ފަހެއް) އަހަރަކުން ބޮޑުކުރާ ކުލި

 

 

 

 

 

 

 

 

  • މިބަޔަށް މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން އިތުރުކުރާ އެންމެ ބޮޑުއަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން ހުށަހަޅާ އަގަކީ ކުލީގެ %35 އަށްވުރެ ކުޑަނޫން އަގެއް ކަމުގައި ވާންވާނެއެވެ)

 

 

(Benchmark Period / Submitted Period) x 10%

އިޖްތިމާޢީ ގޮތުން ދެވޭ ޚިދުމަތްތައް

5%

  • އިޖްތިމާއީ ކަންކަމަށް އަހަރަކަށް ހޭދަކުރާން ހުށަހަޅާނެ މިންވަރު

 

 

(Benchmark Period / Submitted Period) x 5%

ތަޖުރިބާ

5%

  • މިބަޔަށް މާކްސް ދެވޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރުވެފައިވާ ފަރާތްތައް ބެންޗްމާކެއްކަމުގައި ބަލައިގެންނެވެެ.

(Submitted years of experience / Benchmark  years x 5 %)

 

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

                 

 

24 އޭޕްރިލް 2024
ހޯދާ