ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ޢުމްރާ ދަތުރާއި ގުޅޭ

ކައުންސިލްގެ 04 ވަނަ ދައުރަށް އިންތިހާބްވެވަޑައިގަތް 05 ކައުންސިލް މެމްބަރުންގެ އިންތިހާބީ ވައުދު " ކޮންމެ އަހަރަކު ވަންދޫ ރައްޔިތަކަށް އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރުޞަތު ދިނުން " މިވައުދުގެ ދަށުން2024  ވަނަ އަހަރުގެ ޑިސެމްބަރުމަހު އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ވަންދޫ ރައްޔިތުންގެ ތެރެއިން ތިރީގައި ބަޔާންކުރެވިފައިވާ ޝަރުތުތައް ހަމަވާ ފަރާތެއް ހޮވުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

ފޯމް ހުށައަޅާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތައް:

  1.       ޢުމްރާގެ އަޅުކަން އަދާކުރަންދާ ފަރާތަކީ ޢުމުރުން 18 އަހަރު ފުރިހަމަވެފައިވާ ފަރާތެއްކަމުގައިވުން.
  2.       ޢުމްރާގެ އަޅުކަން އަދާކުރަން ފޯރމް ހުށައަޅާ ފަރާތަކީ ކޮޅުމަޑުލު ވަންދޫ ރަށްވެއްސެއް ކަމުގައިވުން.
  3.       ޢުމްރާގެ އަޅުކަން އަދާކުރުމަށްދާ ފަރާތަކީ ފުރިހަމަ ސިއްޙަތެއްގައިހުރި ފަރާތަކަށްވުން.

 

ފޯމާއިއެކު ހުށައަޅަންޖެހޭ ލިޔުންތައް:

1-      މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ކޮޕީ ނުވަތަ މުއްދަތު ހަމަނުވާ ޕާސްޕޯޓް ގެ ކޮޕީ.

   

       ޢުމްރާ ދަތުރާއި ގުޅޭ އިތުރު މައުލޫމާތު މިއިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ " ކައުންސިލުން ޢުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުޞޫލް " ގައި ބަޔާންކުރެވިފައިވާނެއެވެ. މިއިއުލާނާއި ގުޅިގެން ފޯމް ހުށައެޅުމުގެ އެންމެ ފަހުތާރީހަކީ 13 މެއި 2024 ވަނަދުވަހުގެ 12:00 އެވެ. އިތުރު މައުލޫމާތެއް ސާފުކުރަށްވަން ބޭނުންފުޅުވެލައްވާނަމަ 6780041 ނުވަތަ 7980047 އަށް ގުޅުއްވުން އެދެމެވެ.

23 އޭޕްރިލް 2024
ހޯދާ