ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒު ތަކަށް ބޭނުންވާ ބައެއް ފަރުނީޗަރު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން.

މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ޞިއްހީ މަރުކަޒު ތަކަށް ބޭނުންވާ ބައެއް ފަރުނީޗަރު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނެކެވެ. ގެޒެޓް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި އެއްކަރުދާސް ކުރެވިފައިވާ އެނެކްސް 1 ގައި ބަޔާންކޮށްފައި އެވަނީ މި ހޮސްޕިޓަލަށް ބޭނުންވާ އައިޓަމްތަކުގެ ސްޕެސިފިކޭޝަންގެ ތަފްޞީލާއި ބޭނުންވާ އަދަދެވެ.

ވީމާ، މި ތަކެތި ސަޕްލައިކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ރެޖިސްޓްރޭޝަން ލިންކް https://forms.gle/gEoA3rhMqh9Mv7XdA  23 އޭޕްރިލް 2024 ވާ އާދިއްތަ ދުވަހުން ފެށިގެން 05 މޭ 2024 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ފުރިހަމަ ކުރެއްވުމަށް ދަންނަވަމެވެ.
  3. ފޯމު ފުރުމުން ކޮންފޮމޭޝަން މެސެޖް އީ-މެއިލްގެ ޒަރީއާއިން ލިބި ނުލައްވާނަމަ ރަސްމީ ގަޑީގައި މި ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ނަންބަރު 6524018 އަށް ގުޅުއްވައި އެކަން އެންގުމަށްވެސް ދެންނެވީމެވެ.
  4. މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވެލައްވާ ނަމަ 23 އޭޕްރިލް 2024 ވާ އަންގާރަ ދުވަހުން ފެށިގެން 06 މޭ 2024 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދެންނެވިފައިވާ އީ-މެއިލް އަށް ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެހުމަށްފަހު ފޮނުއްވުން އެދެމެވެ. އަދި އީ-މެއިލް ފޮނުވުމަށްފަހު މެއިލް ލިބުނުކަން ޔަޤީން ކުރެއްވުމަކީ ބީލަމުގައި ބައިވެރިވާ ފަރާތުގެ ޒިންމާއެކެވެ.
  5. ބީލަން ހުށަހެޅުމަށް މަޢުލޫމާތު ކަރުދާހުގެ އެނެކްސް 2 ގައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވާ ހުށަހަޅަން ވާނެއެވެ.
  6. މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާހާއި، މި ބީލަމާއި ގުޅުންހުރި ލިޔެކިޔުންތައް ގެޒެޓްގައި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
  7. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

ބީލަން ހުށަހެޅުން

  • ތަން: އަލިމަސް މާލަން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)          
  • ތާރީޚް: 12 މޭ 2024 (އާދިއްތަ ދުވަސް)
  • ގަޑި: 11:00 ގައި
23 އޭޕްރިލް 2024
ހޯދާ